މެލޭޝިއާގެ ފުރަތަމަ ޕޭޕަރލެސް އިމްތިހާން މަނިޕާލް ޔުނިވަރސިޓީ ކޮލެޖް މެލޭޝިއާގައި ބާއްވައިފި

Loading

Facebook
Twitter
WhatsApp

ސިއްހީ ތައުލީމް އުނގަންނައިދޭ މަނިޕާލް ޔުނިވަރސިޓީ ކޮލެޖް މެލޭޝިއާ (އެމްޔޫސީއެމް) ގައި މެލޭޝިއާގެ ފުރަތަމަ ޕޭޕަރލެސް ޑިޖިޓަލް އިމްތިހާނު ބާއްވައިފިއެވެ.

އެމްޔޫސީއެމްގެ ދަތުރު ޑިޖިޓަލައިޒްކުރުމަށްކުރާ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި، އެ ކޮލެޖުންވަނީ ފެކަލްޓީ އޮފް ޑެންޓިސްޓްރީގެ 130 ދަރިވަރުންގެ އިމްތިހާނު ކާމިޔާބުކަމާއެކު ފުރިހަމަ ކޮށްދީފައެވެ. 26 ފެބްރުއަރީ ގައި ބޭއްވި މި އިމްތިހާނުގައި ދަރިވަރުން ޖަވާބުދިނުމަށް ބޭނުންކޮށްފައިވަނީ އެމްޔޫސީއެމް އިން ދީފައިވާ އީޕެޑް ތަކެވެ.

މިގޮތުން، ފެކަލްޓީ އޮފް މެޑިސިންގެ 262 ދަރިވަރަކު މާރޗް މަހުގެ ތެރޭގައި ޑިޖިޓަލް އިމްތިހާނު ހެދުމަށް ވަނީ ތައްޔާރުވެފައެވެ.

އެންމެ ލަސްވެގެން 2026 ވަނަ އަހަރުގެ ތެރޭގައި މެޑިސިން، ޑެންޓިސްޓްރީ، އެލައިޑް ހެލްތް އެންޑް ސައިކޮލޮޖީ އަދި ސެންޓަރ ފޮރ ފައުންޑޭޝަން އެންޑް ޖެނެރަލް ސްޓަޑީސް ހިމެނޭގޮތަށް އެމްޔޫސީއެމްގެ ހުރިހާ ފެކަލްޓީއަކުން ރަސްމީގޮތެއްގައި އިމްތިހާނުކުރާ ގޮތް ޑިޖިޓަލްކުރުމަށް އެ ޔުނިވަރސިޓީއިން ގަސްދުކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް