ސަރުކާރުގެ ރަސްމީ ލިޔެކިއުންތަކެއް އެކަށީގެންނުވާ ތަނެއްގައި ބެހެއްޓި މައްސަލާގައި ރައީސް ޖޯ ބައިޑަންގެ މައްޗަށް ކުރަމުންގެންދާ ދައުވާ ކުރިއަށް ނުގެންދަން ފެޑެރަލް ސްޕެޝަލް ޕްރޮސެކިއުޓަރ ރޮބާރޓް ހާރ ނިންމަވައިފިއެވެ.
އެގޮތަށް ނިންމެވި ސަބަބެއް ކަމުގައި ވިދާޅުވެފައިވަނީ ރައީސް ބައިޑަން އެކަން ކުރައްވާފައިވަނީ ނުބައި ނިޔަތެއްގައި ނޫންކަމާއި އެ މަނިކުފާނަކީ މުސްކުޅިފުޅުވުމުގެ ސަބަބުން ވަރަށް ގިނަ ފަހަރު ހަނދުމަފުޅު ނެތޭ ބޭފުޅެއް ކަމަށެވެ.
ޕްރޮސެކިއުޓަރ ރޮބާރޓް ހޫރގެ ޓީމުން ދެއްވި އިންޓަރވިއުއެއްގައި އެބޭފޫޅުން ވިދާޅުވެފައިވަނީ ރައީސް ބައިޑަންގެ ހަނދުމަފުޅު ނެތުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި ކުރީސްގެ ރައީސް އޮބާމާގެ ނައިބު ރައީސަކަށް އުޅުއްވިކަންވެސް މިހާރު ހަނދުމަފުޅު ނެތް ކަމަށެވެ. އަދި އެމަނިކުފާނުގެ ފިރިހެން ދަރިކަލުން 2015 ވަނައަހަރު މޭމަހުގެ 30 ވަނަދުވަހު ސިކުނޑީގެ ކެންސަރުގައި އަވަހާރަވެފައިވާކަންވެސް ހަނދުމަފުޅު ނެތް ކަމަށެވެ.
ޕްރޮސެކިއުޓަރގެ ބަސްދީ ގަތުމަށް ރައްދު ދެއްވައި ރައީސް ބައިޑަން ވިދާޅުވީ އެމަނިކުފާނުގެ ހަނދުމަފުޅު ނެތުމުގެ އެއްވެސް މައްސަލައެއް ނެތްކަމަށާއި ދަރިފުޅު އަވަރާވުމުގެ ސުވާލު އެއީ ކުރެވިގެންވާނެ ސުވާލެއް ނުވާތީ އެހެންވެގެން ޖަވާބު ދެއްވަން ބޭނުންފުޅު ނުވީ ކަމަށެވެ.
އެ މައްސަލާގައި ނައިބު ރައީސް ކަމަލާ ހަރިސް ވިދާޅުވީ ބައިޑަން ހަނދުމަފުޅުނެތޭ ކަމަށް ބުނެ މީޑިއާގެ ހާމަކުރުންތަކަކީ ސިޔާސީ ކުލަވަރު ޖައްސާފައިވާ އުކުޅު ތަކެއް ކަމަށެވެ.
ރައީސް ބައިޑަން ހަނދުމަފުޅު ނެތިގެން މައުޟޫއު އޮޅޭ ގޮތަށް ވާހަކަފުޅު ދެއްކެވުން ގިނަވަމުންދާތީ އެމެރިކާގެ އާންމު ރައްޔިތުން ވެސް އެކަން ފާހަގަކުރަން ފަށައިފިއެވެ. އެމެރިކާގެ ރައްޔިތުންގެ %86 މީހުން ދެކޭގޮތުގައި ރައީސް ބައިޑަން ދެވަނަ ދައުރަކަށް ރިޔާސަތަށް ކުރިމަތިލުމަށް ރަނގަޅެއް ނޫނެވެ. މިހާރު އެ ހުންނެވީ މާބޮޑަށް މުސްކުޅިފުޅުވެފައެވެ. އަދި ކުރީގެ ރައީސް ޓްރަމްޕް ވެސް ރިޔާސަތަށް ކުރިމަތިލައްވާ އުމުރަށްވުރެ މުސްކުޅިފުޅު ވެއްޖެކަމަށެވެ.
ރައީސް ބައިޑަން ހަނދުމަފުޅު ނެތޭ މައްސަލަ މީޑިއާތަކުގައި ނަގަމުންގެންދާތަން ފެންނަނީ ހެއްވާ މަޖާކަމެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް މިއީ މަޖާ ހެއްވާ ކަމަކަށްވުރެން ކަންބޮޑުވާން ޖެހިފައިވާ މައްސަލައެކެވެ.
މި މޭރުމުން ވައިޓް ހައުސްގެ މީޑިއާ އެޑްވައިޒަރ އާތަރ ޝުލްޒްބާރގަރވެސް ވަނީ ނިއުޔޯރޚް ޓައިމްސް އެބޭފުޅާގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައެވެ.
މި ހަފްތާގައި ވައިޓްހައުސްގެ ޑޮކްޓަރުން ހާމަކޮށްފައިވަނީ ރައީސް ބައިޑަންގެ ސިއްހީ ހާލުކޮޅުގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެހެންނަމަވެސް ޑޮކްޓަރުންގެ ރިޕޯރޓުގައި ރައީސް ބައިޑަންގެ ސިކުނޑީގެ ޓެސްޓެއް ކުރިކަމަކަށް ނުބުނެއެވެ.
މިފަހަރު ފެންމަތިވެގެން މިއުޅޭ މައްސަލައަކީ ހުކުރު ދުވަހު ރައީސް ބައިޑަން އިޓަލީގެ ބޮޑުވަޒީރާއެކު ދެއްކެވި ވާހަކަފުޅުގައި ގައްޒާއާއި ޔޫކްރެއިން ދެފަހަރަށް އޮޅުވާލެއްވުމެވެ. ގައްޒާއަށް އިންސާނީ އެހީ އިތުރަށް ފޯރުކޮށްދެއްވަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވުމުގެ ބަދަލުގައި ޔޫކްރެއިނަށޭ ވިދާޅުވުމުން ވައިޓް ހައުސް އިން ތަރުޖަމާކޮށްދޭން ޖެހުނީމައެވެ.
2 Responses
ސުބުޙާނަﷲ. މުޅިދުނިިޔެ ގޮއްވާނުލަނީސް މީނާ އެމެރިކާގެ ވެރިކަމުން ދެން ބާލަންވީނު . އޭނާ ހަނދާނެއް ނުހުރޭ. ގައުމުގައުމުގެ ރައީސްުންނާއި ގައުމެއް ހަނދާނެއް ނުހުރޭ. ބުދެއްބަހަށްޓައިގެން ޔަހޫދީ ނަތަންޔާހޫ ބުނާގޮތަކަށް އެމެރިކާ ހިންގަންވީ ނޫނތޯއެވެ! މޮޔަޔަކު އަތަށް ދެމިޔަ ތޫނުކޮށްފައިއޮތް ކަނޑިއެއް ދިނުންކަހަލަ ކަމެއް ނޫންތޯއެވެ؟ އޭނާ އަވަހަށް ކޮށްޓަކަށްލާ ދުނިޔޭގެ އެއްވެސް ކަމަކާ ނުބެހޭގޮތް ހައްދަވާށެވެ. ދުނިޔެއަށް މިއަށްވުރެ ބޮޑު މުސީބާތެއްވެސް މީނާގެ ފުށުން ދިމޭވެދާނެއެވެ.
ހަސަން ފިކުރީ ތިޔަ ވިދާޅުވީ ކަމުގެ ހަގީގަތް. އެކަމަކު އަނެއްފަރާތް ބަލާލީމާ އެކަހަލަ މީހަކު އެ މަގާމުގައި ބެހެއްޓީމާ ފައިދާ ކުރާ މީހުންވެސް ހާދަ ގިނައޭ. އަޅުގަނޑުމެންގެތެރޭންވެސް މިކަން އެނޣޭވަރަށް ހެކިފެންނަމުން ދަނީ.