އެމެރިކާގެ ރިޔާސަތަށް ވާދަކުރައްވާ ބައިޑަން އާއި ޓްރަމްޕް ތިބެންވީ ދާރުލްއާސާރުގައި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރިޔާސީ އިންތިޚާބު ކައިރިވަމުންދާއިރު އަދި އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ސިއްހީ ހާލުކޮޅާ ދޭތެރޭ އެމެރިކާގެ ރައްޔިތުންގެ ކަންބޮޑުވުން އޭގެ އެންމެ މަތީ ހަރުފަތަށް ގޮސްފައިވާއިރު ދެން ރިޔާސަތަށް އެންމެ އެކަށީގެންވާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކާ ދެތެރޭ އެމެރިކާގެ ރައްޔިތުން ދެކޭ ގޮތް ބެލުމަށް ކުރެވެމުންދާ ސާރވޭތައްވެސް ގިނަވެއްޖެއެވެ.

މިހާތަނަށް ރައްޔިތުންގެ ސާރވޭއަށް ހުށައެޅިފައިވާ ނަންތަކަކީ ޖޯ ބައިޑަންގެ ނައިބު ރައީސް ކަމަލާ ހަރިސް އާއި ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބި ކަނބަލުން ހިލަރީ ކްލިންޓަން އާއި ކެލިފޯރނިޔާގެ 40 ވަނަ ގަވަރނަރ ގެވިން ކްރިސްޓޮފަރ ނިއުސަމް އާއި ކުރީގެ ރައީސް ބާރަކް އޮބާމާގެ އަނބި ކަނބަލުން މިޝޭލް އޮބާމާއެވެ.

ރަސްމިއުސަންގެ ސާރވޭތަކުން ދައްކާގޮތުގައި މިފަހަރު ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ އިޚްތިޔާރަކީ މިޝޭލް އޮބާމާއެވެ.

ސާރވޭގައި ބައިވެރިވި ރައްޔިތުންގެ ތެރެއިން %48 މީހުން ބުނެފައިވަނީ ނޮވެމްބަރުގައި އޮނަން ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ޖޯ ބައިޑަން އަކީ ރަނގަޅު އިޚްތިޔާރެއް ނޫންކަމަށެވެ. އެމަނިކުފާނާއެކު ޑިމޮކްރެޓުންނަށް އިންތިޚާބު ކާމިޔާބު ކުރެވުމުގެ ފުރުސަތު ވަރަށް ހަނި ކަމަށެވެ. މި ސަބަބްޓަކައި ޖޯ ބައިޑަންގެ ނަން އިންތިޚާބުގެ ކުރިން ނަގާނެ ކަމަށްވެސް ބެލެވޭކަމަށެވެ.

ރަސްމިއުސަންގެ ސާރވޭގެ ނަތީޖާގައި ވޯޓުދިން ރައްޔިތުންގެ %20 ބުނެފައިވަނީ މިޝޭލް އޮބާމާއަކީ މިފަހަރުގެ އިންތިޚާބުގައި އެންމެ ރަނގަޅު އިޚްތިޔާރު ކަމަށެވެ. މިހާރުގެ ނައިބު ރައީސް ކަމަލާ ހަރިސްއަށް ތާއީދުކުރީ %15 އެވެ. ހިލަޜީ ކްލިންޓަނަށް %12 ލިބިވަޑައިގެންނެވިއިރު ގަވަރނަރކްރިސްޓޮފަރ ނިއުސަމްއަށް ލިބިވަޑައިގަތީ %11 އެވެ.

މިދިޔަ ޖެނުއަރީމަހު މިޝޭލް އޮބާމާ މީޑިއާތަކަށް ދެއްވި އިންޓަރވިއު އެއްގައި 2024 ވަނަ އަހަރުގެ އިންތިޚާބު އެކަމަނާގެ ނިދި ނަގާލައިފިކަމަށް އެއްބަސްވެ ވަޑާއިގެންފައި ވެއެވެ. އެކަމަނާގެ ވާހަކަފުޅުގައި ޑިމޮކްރެޓު ލީޑަރުންގެ ސަބަބުން މެދުވެރިވެދާނެ ހާލަތަކަށްޓަކައި އެކަމަނާގެ ކަންބޮޑުވުންތައް ވަރަށް ގިނައެވެ. އެމެރިކާގެ ޑިމޮކްރެސީ މިގޮތަށް ކުރިއަކަށް ނުގެންދެވޭނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މިދިޔަ އަންގާރަދުވަހު ޑިމޮކްރެޓުންނާއި ރިޕަބްލިކަނުންގެ ރިޔާސީ ކެންޑިޑޭޓަކާބެހޭގޮތުން މިޝިގަންގައި ބޭއްވި ޕްރައިމަރީ ޑިމޮކްރެޓުންގެ %81.1 ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ޖޯ ބައިޑަން އެވެ. %13 ޑިމޮކްރެޓުން ވޯޓުދޭކަށް ބޭނުމެއް ނުވިއެވެ. އިސްރާއީލާއި ހަމާސްގެ ހަނގުރާމައިގާ ރައީސް ބައިޑަންގެ ސިޔާސަތަށް ގިނަ އަދަދެއްގެ އަރަބި ނަސްލުގެ އެމެރިކާ ރައްވެހިން ނުރުހުން ފާޅުކުރިއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް 81 އަހަރުފުޅުގެ ޖޯ ބައިޑަންއަށް ރައްޔިތުންގެ ތާއީދު ދުވަހެއް ދުވަހަކާށް ވެއްޓެމުންދާކަން މިހާތަނަށް ބޭއްވުނު އެކިއެކި ސާރވޭތަކުން ވަނީ އެނގިފައެވެ.

77 އަހަރުފުޅުގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގެންދަވަނީ ފުރުސަތެއް ލިބިވަޑައިގެންފިނަމަ ރައީސް ޖޯބައިޑަންއަކީ ބޯހަމަޖެހޭ ބޭފުޅެއް ނޫންކަމަށް ވިދާޅުވެ ފާޅުގައި ފާޑު ވިދާޅުވަމުންނެވެ. ހަމަ އެފަދައިން ކުރީގެ ރައީސް ޑްނާލްޑް ޓްރަމްޕާއި ވާދަކުރައްވަމުންގެންދަވާ ރިޕަބްލިކަން ރިޔާސީ ކެންޑިޑޭޓް ސައުތު ކެރޮލީނާގެ ގަވަރނަރ ނިކީ ހެލީ ވިދާޅުވަމުންގެންދަވަނީ އެ ދެބޭފުޅުންނަކީވެސް މިހާރު މުސްކުޅިފުޅުވެ ދާރުލް އާސާރުތަކުގައި ތިއްބަވަން ޖެހިވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް