ޣައްޒާގެ ކޮންމެ ހަތަރު މީހަކުން އެކަކު ތިބީ ބަނޑަށްޖެހުމުގެ މަގުމަތީގައި: ޔޫއެން

Loading

Facebook
Twitter
WhatsApp

ފަލަސްތީނުގެ ޣައްޒާގައި މިވަގުތު ތިބި ކޮންމެ ހަތަރު މީހަކުން އެކަކު ތިބީ ބަނޑަށްޖެހުމާއި ‘އެއް ފިޔަވަޅު ދުރުގައި’ ކަމަށް އެކުވެރި ދައުލަތުން ބުނެފިއެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާ ޖަމާއަތްތަކަށް އެހީ ފޯރުކޮށްދިނުމަށް ދިމާވަމުންދާ ދަތިތަކާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ޣައްޒާގެ ހާލަތު އިތުރަށް ގޯސްވާނެކަމަށްވެސް ޔޫއެންއިން ވަނީ ލަފާކޮށްފައެވެ.

ޔޫއެންގެ ހިއުމެނިޓޭރިއަން އޮފީހުގެ ކޯޑިނޭޝަން ޑިރެކްޓަރ ރަމޭޝް ރާޖަސިންގްހަމް ބުނެފައިވާގޮތުގައި ބަނޑަށް ޖެހުމުގެ މަގުމަތީގައި ތިބި 575،000 މީހަކު މިވަގުތު ޣައްޒާގައި ތިބި އިރު، ޣައްޒާގެ ހުރިހާ ރައްޔިތުންހެން މިހާރު ބަރޯސާވެ ތިބީ ކާބޯތަކެތީގެ އެހީއަށް ކަމަށެވެ.

“މިހާރު ފެންނަމުންދާ ހިތްދަތި މަންޒަރުތަކާއެކުވެސް، ޣައްޒާގެ ހާލަތު އަދި މިއަށްވުރެ ގޯސް ވުމުގެ ފުރުސަތު އެބައޮތް. މިގޮތަށް މެދުކެނޑުމެއް ނެތި ހަމަލާތައް ދެމުންގެންދާއިރު ކޮށްދެވޭނެ މާބޮޑު ކަމެއް ނޯންނާނެ.” އަންގާރަދުވަހު އޮތް އެކުވެރި ދައުލަތުގެ ސަލާމަތީ ކައުންސިލްގެ ބައްދަލުވުމުގައު ވާހަކަ ދައްކަމުން އޭނާ ބުނެފައިވެއެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމާއި ދެކޮޅަށް ޔަމަނުގެ ހޫތީ މުޖާހިދުން ފިޔަވައި ދުނިޔޭގެ އެއްވެސ ްބަޔަކު މިހާތަނަށް އެއްވެސް އަމަލީ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. މުސްލިމް އެހެން ގައުމަކުންވެސް މިކަމުގައި ފަލަސްތީނާއި ބައިވެރިވެ، އިޒްރޭލާއި އެމެރިކާއާއި ދެކޮޅަށް ފިޔަވަޅެއް އަޅާފައިނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް