ފަނޑިޔާރުންނާއި، ލޯކަލް ކައުންސިލަރުންނާއި ބައެއް މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރަ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައިގެ އޮނިގަނޑު އަލުން އެކުލަވާލުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބޭއްވި ކޮމިޓީގެ 17 ވަނަ ބައްދަލުވުމުގައެވެ.
އެގޮތުން މާލިއްޔަތު ކޮމިޓީން ފުރަތަމަ ނިންމި ނިންމުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އަދި މަޖިލީހުގެ މެންބަރުންގެ މުސާރަތައް ވެސް ބޮޑުކުރަން ނިންމާފައިވީ ނަމަވެސް އާންމުރައްޔިތުންގެ ފާޑު ކިޔުމާއި ހެދި އެ ފަރާތްތަކުގެ މުސާރަތައް ބޮޑުކުރަން ނިންމި ނިންމުން ވަނީ އުނިކޮށްފައެވެ.
ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑު ކުރަން ނިންމާ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓު 49 މެމްބަރުންގެ ވޯޓުން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
ބޮޑު ކުރަން ފާސްކުރި މުސާރަތައް:
ކައުންސިލަރުންގެ މުސާރަ
ސިޓީތަކުގެ މޭޔަރުންގެ މުސާރަ – 46،000 ރުފިޔާ
ސިޓީތަކުގެ ޑެޕިއުޓީ މޭޔަރުންގެ މުސާރަ – 40،500 ރުފިޔާ
އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ – 33،000 ރުފިޔާ
ސިޓީ ކައުުންސިލަރުންގެ މުސާރަ – 35،000 ރުފިޔާ
ރަށު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ – 25،500 ރުފިޔާ
ރަށު ކައުންސިލަރުންގެ މުސާރަ – 18،000 ރުފިޔާ
ފަނޑިޔާރުންގެ މުސާރަތަކަށް ގެނައި ބަދަލުތައް:
އުއްތަމަ ފަނޑިޔާރުގެ މުސާރަ – 91،000 ރުފިޔާ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން – 89،000 ރުފިޔާ
ހައި ކޯޓު އިސް ފަނޑިޔާރުގެ މުސާރަ – 70،000 ރުފިޔާ
ހައި ކޯޓު ފަނޑިޔާރުންގެ މުސާރަމ – 68،000 ރުފިޔާ
ކްރިމިނަލް ކޯޓު، ޑުރަގު ކޯޓު، ފެމިލީ ކޯޓު، ސިވިލް ކޯޓު، ޖުވެނައިލް ކޯޓުގެ އިސް ގާޒީންގެ މުސާރަ – 62،000 ރުފިޔާ
ކްރިމިނަލް ކޯޓު، ޑުރަގު ކޯޓު، ފެމިލީ ކޯޓު، ސިވިލް ކޯޓު، ޖުވެނައިލް ކޯޓުގެ ގާޒީންގެ މުސާރަ – 60،000 ރުފިޔާ
ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ މުސާރަ – 43،000 ރުފިޔާ
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ މުސާރަ – 41،000 ރުފިޔާ
ބަދަލު ގެނައި އިތުރު ބައެއް މުސާރަތައް:
އެމްއެމްއޭގެ ގަވަރުނަރުގެ މުސާރަ – 74،000 ރުފިޔާ
އޮޑިޓަ ޖެނެރަލްގެ މުސާރަ – 74،000 ރުފިޔާ
ޕްރޮސެކިއުޓަ ޖެނެރަލްގެ މުސާރަ – 74،000 ރުފިޔާ
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މުސާރަ – 74،000 ރުފިޔާ
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މުސާރަ – 55،000 ރުފިޔާ
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މުސާރަ – 55،000 ރުފިޔާ
މިނިވަން މުއައްސަސާތަކުގެ ރައީސުންގެ މުސާރަ – 59،000 ރުފިޔާ
މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސުންގެ މުސާރަ – 55،000 ރުފިޔާ
މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ – 48،000 ރުފިޔާ
ޕީސީބީގެ ރައީސްގެ މުސާރަ – 41،000 ރުފިޔާ
ޕީސީބީގެ ނައިބު ރައީސްގެ މުސާރަ – 31،000 ރުފިޔާ
ޕީސީބީގެ މެންބަރުން – 12،000 ރުފިޔާ
One Response
ގައުމު ދަވާލައި ގައުމު އިނދެ ޖައްސާލަން ހިފާފަތިބިބައެއް މިހާރު މަޖިލާސްގަތިބީ.މަޖިލީސް އުވާލަންވީ.