ޔަމަނުން ގަލްފް އޮފް އޭޑެންގައި އޮތް އެމެރިކާގެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި

Loading

Facebook
Twitter
WhatsApp

ގަލްފް އޮފް އޭޑެންގައި އެމެރިކާ ދިދަ ޖަހައިގެން ދަތުރުކުރަމުންދިޔަ އެމްވީ ޓޯރމް ތޯރ ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ޔަމަނުގެ ހޫތީ މުޖާހިދުން ހަމަލާދީފިއެވެ. 

ހޫތީންގެ ތަރުޖަމާނު، ޔަހްޔާ ސާރެއާ ބުނެފައިވާ ގޮތުގައި އެ ތެޔޮ ޓޭންކަރަކީ އެމެރިކާގެ، އެމެރިކާއިން އޮޕަރޭޓްކުރާ އުޅަނދެއް ކަމަށާއި ހަމަލާދިނީ ނޭވަލް މިސައިލް ބޭނުންކޮށްގެންނެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހޮނިހިރު ދުވަހު ބުނެފައިވާގޮތުގައި އެގައުމުގެ ގައިޑެޑް މިސައިލް ޑިސްޓްރޯޔަރއެއް ކަމަށްވާ ޔޫއެސްއެސް މޭސަން އިން ގަލްފް އޮފް އޭޑެންއިން އެންޓި-ޝިޕް ބަލިސއޓިކް މިސައިލެއް ހަލާކުކޮށްލާފައި ވެއެވެ. އަދި ސެންޓްކޮމް އިން އިތުރަށް ބުނީ އެ ހަމަލާގައި ޔޫއެސްއެސް މޭސަންއަށާއި ތެޔޮ ޓޭންކަރަށް ވެސް ގެއްލުމެއް ވެފައިނުވާކަމަށެވެ. 

އިޒްރޭލުން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލުއާންމާއި ގުޅިގެން ޔަމަނުގެ ހޫތީ ސިފައިން ވަނީ ރަތް ކަނޑު ހުރަސްކޮށް އިސްރާއީލަން ދަތުރުކުރާ ބޯޓުފަހަރާއި އިސްރާއީލުން ފުރައިގެންދާ ބޯޓުތަކަށް ހަމަލާދޭނެކަމަށާއި، މިގޮތަށް ހަމަލާދޭ އުޅަނދުތަކަކީ ކޮން ގައުމެއްގެ ކޮން ދިދައެއް ބޭނުންކުރާ އުޅަންދެއްކަން ނުބަލާނެކަން އަންގައި މީގެކުރިން އިންޒާރުދީފައެވެ.

ޔަމަނުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ތެލާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން އެހެނިހެން އަސާސީ މުދާތައް އުފުލުމަށް އިސްރާއީލަށް ދަތިވެފައިވާއިރު، މުދާ އުފުލުމުގެ އަގާއި، މުދާ ރައްކާތެރިކުރުމަށް އިންޝުއަރ ކުރުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، އިސްރާއީލުގެ އިޤްތިޞާދަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އުޅަނދުތަކުގެ ރައްކާތެރިކަމަށްޓަކައި ގިނަ ކުންފުނިތަކަކުން އެކުންފުނިތަކުގެ އުޅަނދުތައް ދަތުރުކުރާ މަގަށް ބަދަލު ގެނެސްފައިވާއިރު، ސުއޭޒް ކެނެލްއިން ދަތުރުކުރުމުގެ ބަދަލުގައި މިބޯޓުތަކުން ދަތުރުކުރަން ޖެހެނީ އެފްރިކާގެ ވަށައިގެންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް