މެލޭޝިއާގެ މައްޗަށް އޮންނަ އޮޓޮމަން އެމްޕަޔަރ ގެ ނުފޫޒުގެ ވާހަކައަކީ ތާރީޚީގޮތުންނާއި ގާނޫނީ ގޮތުން ވަރަށް ހާއްސަ ގޮތަކަށް ގުޅިލާމެހިފައިވާ، މެލޭޝިއާގެ އިޖުތިމާއީ ގުޅުންތަކުގެ ވެށި އެތައް ގަރުނުތަކެއް ވާންދެން ބައްޓަން ކޮށްފައިވާ އެއްޗެކެވެ. މި ވާހަކައަކީ ހަމައެކަނި މާޒީގެ ވާހަކަތަކެއް އެކަންޏެއް ނޫނެވެ. މިއީ މެލޭޝިއާގެ ގާނޫނީ ނިޒާމާއި، އާކިޓެކްޗަރ އާއި، ތައުލީމީ ދާއިރާއާއި، ދީނީ ހަރަކާތްތެރިކަމުގެ ތެރެއިން ފެންނަން އޮތް ކަންކަމެވެ.
ވީމާ، މި މައުޟޫއާއި ބެހޭގޮތުން އޭޝިއާ މިޑްލް އީސްޓް ސެންޓަރުގައި ސީނިއަރ ފެލޯ އެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ދިވެހި އިލްމުވެރިއެއް ކަމަށްވާ މުއާދް ޒަކީއާއި ހަވާލާދީ އެނގިފައިވާ ބައެއް މައުލޫމާތު ހިއްސާކޮށްލާނަމެވެ.
ގާނޫނީ ތާރީޚު: މަޖަލާގެ މެލޭޝިއާ ދަތުރު
މެލޭޝިއާގެ ތާރީޚުގެ މައްޗަށް އޮޓޮމަން އެމްޕަޔަރުން ކޮށްފައިވާ އަސަރުތައް އެންމެ ސާފުކޮށް އެނގެން އަންނަނީ މެލޭޝިއާގެ ގާނޫނީ ނިޒާމުގެ ތެރެއަށް “މަޖަލަތުލް އަހްކާމުލް އަދްލިއްޔާ” ނުވަތަ އޮޓޮމަން ސިވިލް ކޯޑު ލާމެހިފައިވާ މިންވަރުންނެވެ. ‘މަޖަލާ އަހްކާން ޖޮހޮރެ’ ގެ ނަމުން އާންމުންގެ ތެރޭގައި ނިސްބަތްކުރާ އިސްލާމީ ސިވިލް ގާނޫނޫގެ މައްޗަށް އެކުލެވިފައިވާ މި ގާނޫނަކީ ޖޮހޮރްގެ ކޯޓުތަކުގައި އެންމެ ގިނައިން ބޭބުންކުރާ ގާނޫނުތަކެކެވެ. ސުލްތާން އަބޫ ބަކުރު ގެންގުޅުއްވި ޒަމާނީ ވިސްނުމާއި، ހޭލުންތެރި ވެރިކަމާއެކު އޮޓޮމަން ގާނޫނީ އަސާސްތައް އެގައުމުން ބަލައިގަތް އިރު، އާންމު ޘާގާފަތާއި އާދަކާދަ ތަކާއި މަސްހުނިވެ، މައުނަވީ ގާނޫނޫ ފަލްސަފާއެއް މިވަނީ ވުޖޫދުވެފައެެވެ.
އިމާރާތް ފަރުމާކުރުމުގައި ހޯދި ކުރިއެރުންތައް: ހާގިއާ ސޮފިއާއިން ފެށިގެން މަސްޖިދް ވިލާޔާ އާއި ހަމައަށް
އޮޓޮމަނުން މެލޭޝިއާއަށް ދޫކުރި ފާހަގކޮށްލއވޭ ބިނާތަކުގެ ތެރެއިން އެމީހުންގެ އަސަރުތައް އެންމެ ބޮޑަށް ފެންނަނީ ކުއަލަ ލަމްޕުރްގައި ހުންނަ ވިލާޔާ މިސްކިތުގެ ފަރުމާއިންނެވެ. އެގޮތުން، އިސްތާންބުލްގެ ހާގިއާ ސޮފިއާއާއި އެއްގޮތް ސިފަތަކަކާއެކު ފަރުމާ ކޮށްފައިވާ މި އިމާރާތުން މެލޭޝިއާއާއި އުޘްމާނީ ޚިލާފަތާއި އޮތް ގުޅުން ރަމްޒުކޮށްދޭއެވެ. އާންމުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުން މެލޭޝިއާގައި އަޅާފައިވާ ގިނަ މިސްކިތްތަކާއި، އާންމުން ބޭނުންކުރާ ފާހާނާތަކާއި އެހެނިހެން އާންމު ތަންތަނަށް ނަޒަރު ހިންގާލުމުން މެލޭޝިއާ ރައްޔިތުންގެ އާންމު ދިރިއުޅުމަށް އޮޓޮމަން ވެރިކަމުން ކުރި އަސަރުތައް ސިފަވާނެއެވެ.
ތަޢުލީމީ ބަދަލުތައް: އޮޓޮމަން ވެރިކަމުން ބާރުދޭ ތައުލީމީ ނިޒާމެއް އޮތުން
އޮޓޮމަން ވެރިކަމުގެ ތައުލީމާބެހޭ އަސާސްތަކުގެ ސަބަބުން މެލޭޝިއާއާއި އެ ސަރަހައްދުގައިވެސް އިސްލާމީ ތައުލީމަށް އެދވޭ ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. މިގޮތުން އޮޓޮމަނުންގެ މަދްރަސާތަކާއި ދާދި އެއްގޮތަކަށް ތައްޔާރުކުރި ޕޮންޑޮކް ސްކޫލްތަކަކީ މަންހަޖެއްގެ ދަށުން ތަރުތީބުވެގެން އަންނަ، ދީނީ އަދި ދުނިޔެވީ ޢިލްްމު އުނގަންނައިދޭ ނިޒާމެކެވެ. މި ނިޒާމުގެ ތެރެއިން މެލޭޝިއާގެ ގިނަ އިލްމުވެރީން މުޖުތަމައަށް ނެރެފައިވާއިރު، އެކަން ވެގެންގޮސްފައިވަނީ ގައުމުގެ ވިސްނުންތޫނުކަމާއީ އާދަކާދަ ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަކަށެވެ.
މެލޭޝިއާގެ ފަރާތުން ފެންނަ އޮޓޮމަން އެމްޕަޔަރގެ ކެނޑުމެއްނެތް ބާރާއި، ޘަގާފޫ އަދި ގާނޫނީ ނުފޫޒުން އަނގައިދެނީ، މަދަނިއްޔަތުތަކުގެ ދެމެދުގައި މައުލޫމާތު ބަދަލުކުރެވޭ މިންވަރެވެ. ޖޮހޮރްގައި އެޅުނު ގާނޫނީ ބިންގާއިން ފެށިގެން މެލޭޝިއާގައި ބިނާކުރެވުނު ޚާއްސަ އިމާރާތްތަކަށް ނަޒަރު ހިންގާލުމުންވެސް އޮޓޮމަން ވެރިކަމުގެ އަސަރުތައް ފެންނަން ހުރިއިރު، ތައުލީމީ، ދީނީ އަދި އާންމު އެހެނިހެން ކަންކަމުގެ ތެރެއިން މެލޭޝިއާ ރައްޔިތުންނާއި އޮޓޮމަނުންނާއި ދެމެދު ގާއިމްކުރެވުނު ގުޅުންތައް ފެންނާނެއެވެ. އަދި އޭގެ ސަބަބުން މެލޭޝިއާގެ މުޖުތަމައަށް ގެނެސްފައިވާ ޒަމާނީ، ޘަގާފީ ތަނަވަސް އަދި އޮތް ގާތްކަން ފާހަގަކުރެވޭނެއެވެ.