ޔޫކްރެއިން ހަނގުރާމައަކީ ޔޫރަޕްގެ ހިތުގައިހުރި ފަސޭހަ ނުކުރެވުނު ފާރުގަނޑެއް: ގުޓަރެސް

Loading

Facebook
Twitter
WhatsApp

ޔޫކްރެއިން ސަރުކާރުގެ އެދުމުގެ މަތިން ޔޫރަޕްގެ އެންމެ އިސްވެރިން ހިމެނޭގޮތުގައި ސުލްހައިގެ މަޝްވަރާތަކެއް ބާއްވަން ގަސްދުކުރައްވާ ކަމަށް ސުވިސް ޚާރިޖީ ވަޒީރު އިގްނާޒިއޯ ކަސިސް ވިދާޅުވެއްޖެކަމަށް ރޮއިޓާސްއިން ޚަބަރުދީފިއެވެ.                                                             
އިސްރާއީލާއި ހަމާސްގެ ހަނގުރާ ހިނގަމުންދާ މި ދަނޑިވަޅުގައި އަދި މުޅި ދުނިޔޭގެ ސަމާލުކަން އެ ދިމާއަށް ހުއްޓިފައިވާއިރު ޔޫކްރެއިން ސިފައިންވެސް ހަނގުރާމަކޮށްކޮށް ވަރުބަލިވެފައި ވުމުގެ ސަބަބުން ރައީސް ޒެލެންސްކީގެ ދިހަ ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނާދޭތެރޭ މަޝަވަރާކުރަން ބޭނުންވާކަމަށް ޚާރިޖީ ވަޒީރު ކަސިސް ވިދާޅުވިއެވެ.

ރައީސް ޒެލެންސްކީގެ ސުލްހައިގެ ޕްލޭންގައި ހިމެނޭ މައިގަނޑު ބައިތަކަކީ ޔޫކްރެއިން ބިމުން ރަޝިޔާސިފައިން ފޭބުމާއި ޔޫކްރެއިންގެ ބިމާއި ސަރަހައްދުގެ ސަވްރެންޓީ ކަށަވަރުކޮށްދިނުމާއި ކާބޯތަކެއްޗާއި ހަކަތަލިބޭނެ މަގުތައް ތަންމިނަށް ހުޅުވުމާއި ނުއުކްލިއަރގެ ނުރައްކާތެރިކަން ނައްތާލުމާއި ހަނގުރާމައިގެ އަސީރުން މިނިވަން ކުރުން ހިމެނެއެވެ.

މި ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވި ޔުނައިޓެޑް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާލުވެފައިވަނީ ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައަކީ ޔޫރަޕްގެ ހިތުގައި ހުރި ފަސޭހް ނުކުރެވުނު ހުޅުވިފައިވާ ފާރުގަނޑެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޔޫކްރެއިން ރައްޔިތުން އިންތިހާއަށް ނިކަމެތި ވެފައިވާ ކަމަށެވެ.

އެމެރިކާއިން ޔުނައިޓެޑް ނޭޝަންސް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު  ލިންޑާ ތޯމަސް ގްރީން ފީލްޑް އާއި އިނގިރޭސި ޚާރިޖީ ވަޒީރު ޑެވިޑް ކެމަރޫންވެސް ވަނީ ހަމަ މިމޭރުމުން ވާހަކަފުޅު ދައްކަވާފައެވެ.       

މޮސްކޯއިން ޔޫކްރެއިން އަރައިގަތުމަށް ދެ އަހަރުވުން ފާހަގަކުރުމުގެ ގޮތުންނާއި ރަޝިޔާގެ އިދިކޮޅު ލީޑަރ އެލެކްސީ ނަވަލްނީއަށް އަނިޔާކޮށް މަރާލުމާގުޅިގެން މިދިޔަ ހުކުރުދުވަހު އެމެރިކާއިން ވަނީ ރަޝިޔާގެ 500 އަށްވުރެން ގިނަ ބޭފުޅުންނާއި ވިޔަފާރިތަކަށް ދަތިކުރުމުގެ ފިޔަވަޅު އިއުލާން ކޮށްފައެވެ.                        

ޔޫކްރެއިނުން ކުރަމުންގެންދާ ހަނގުރާމައަކީ އެމެރިކާއާއި ހުޅަނގުން ލިބޭ ފައިސާއާއި ހަތިޔާރާއި އެހެނިހެން އެހީތަކުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެގެންތިބެ ކުރާ ހަނގުރާމައެކެވެ. އެހެންނަމަވެސް ފަހަކަށް އައިސް އެހީ ލިބުން ދަތިވެ އަދި އެމެރިކާއިން ލިބިދާނެކަމަށް އުންމީދުކުރެވުނު އެތައް ބިލިއަން ޑިލަރެއް ކޮންގްރެސްގެ ހުއްދަ ނުލިބުން ހިފެހެއްޓިފައިވާތީ ޔޫކްރެއިނުން ހަނގުރާމަ ކުރިއަށް ގެންދިއުމަށްވެސް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ދަ ޓެލިގްރާފުން ޚަބަރުދީފައިވާ ގޮތުގައި ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިނަށް ފޯރުކޮށްދޭން ވައުދު ވެފައިވާ އެހީގެ ތެރެއިން ލިބުނީ ދެބައިކުޅައެއްބައެވެ. މި އެހީތައް ނުލިބި ހިފޭއްޓިފައި ހުރުމުގެ ސަބަބުން ސަރަހައްދުރައް ގެއްލި މަރުވަމުންދާ ސިފައިންގެ އަދަދުވެސް ކޮންޓްރޯލުން ނެއްޓިގެންދާ ކަމަށް ދިފާއީ ވަޒީރު ރުސްތަމް އުމަރޯވް ވަނީ އިންޒާރު ދެއްވާފައެވެ.

ދި އިންޑިޕެންޑެންޓުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ މިޒާމާނުގެ ތާރީޚުގައި ޖައްވުގެ ދިފާއީ ކޮންޓްރޯލިބިފައިނެތި ހަނގުރާމައެއް ކާމިޔާބުކުރެވިފައި ނުވާކަމަށެވެ.                              

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް