އިރާނުން ގިނަ އަދަދެއްގެ ބަލިސްޓިކް މިސައިލް ރަޝިއާއަށް ފޮނުވައިފި

Loading

Facebook
Twitter
WhatsApp

އިރާނުން އެތައް ސަތޭކަ ސާފެސް-ޓު-ސާފެސް ބަލިސްޓިކް މިސައިލް ރަޝިއާއަށް ފޮނުވާފައިވާކަން ހާމަވެއްޖެއެވެ.

ތަފާތު ހަ މަސްދަރަކާއި ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިރާނުން ރަޝިއާއަށް މިސައިލްތައް ފޮނުވާފައިވަނީ އެދެ ގައުމުގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުންތައް ވަރުގަދަ ކުރުމަށްކަމަށެވެ.

އިރާނުން ފޮނުވި 400 މިސައިލްގެ ތެރޭގައި ހިމެނެނީ ޒުލްފާޣަރް ފަދަ ފަތެހް-110 ގެ ޝޯޓް ރޭންޖް ބަލިސްޓިކް ހަތިޔާރުތަކެވެ. ޒުލްފާޣަރް އަކީ 300 އާއި 700 ކިލޯމީޓަރު (186 އާއި 435 މޭލު) ގެ ދުރުމިނުން ބޭނުން ޓާގެޓަކަށް ހަމަލާދެވޭ ރޯޑް-މޮބައިލް މިސައިލެކެވެ.

އިރާނުގެ ދިފާޢީ ވުޒާރާ އަދި އިރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ބަލަހައްޓާ ރިވޮލިއުޝަނަރީ ގާޑުން ވަކި އެއްޗެއް ބުނެފައިނުވާއިރު، ރަޝިއާގެ ދިފާޢީ ވުޒާރާއިންވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް