ޮސިޔާސީ މަގާމުތަކުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުންނަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ބަލަން ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.
އޭސީސީއިން ބުނީ ސިޔާސީ މަގާމުތަކުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ބައެއް ކުންފުނިތައް މެދުވެރިކޮށް ނާޖާއިޒު ގޮތުގައި މަންފާ ހޯދާފައިވާކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ.
ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމާއި މައްސަލަތަކުގެ ތަފުސީލެއް އޭސީސީއިން ހާމަކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބޭ ގޮތުން ހުށަހެޅިފައިވަނީ މިދިޔަ ސަރުކާރުގެ ދެ ވަޒީރަކާއި މިހާާރު ވެސް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުން ހިމެނޭ މައްސަލަތަކެކެވެ.