މާފުށީ ވޯޓާ ސްޕޯޓްސްއާ ދިމާއަށް ގެނބުނު މީހަކު މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ކ. މާފުށި އެކްޓިވް ވޯޓާ ސްޕޯޓްސް އޭރިއާ ދިމާ މޫދަށް ގެނބިގެން މީހަކު މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެއްޖެއްގައި ބުނީ މާފުށީ އެކްޓިވް ވޯޓާ ސްޕޯޓްސްއާ ދިމާލުން ނެރުކައިރިއަށް މީހަކު ގެނބިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:25 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި އޭނާ މާފުށީ ހެލްތް ސެންޓަރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ކަމަށް ހެލްތް ސެންޓަރާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުން އަންނަ ކަމަށާއި އިތުރު މަޢުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް