މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ހުތުރު ވައްތަރު ޖެއްސި މީހަކު ހައްޔަރުކޮށްފި

Loading

February 22, 2024
profile
Facebook
Twitter
WhatsApp

މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ވައްތަރުތަކެއް ޖެއްސި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖައްސާަ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ އާންމުވެފައެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް