ކެމެރާއެއް ހުންނަ ކޮންމެ ތަނަކީ ޕްރައިވެސީ އަށް އޮތް ނުރައްކަލެއް!

Loading

Facebook
Twitter
WhatsApp

ސްމާޓްފޯނުތަކާއި ހޯމް ސެކިއުރިޓީ ސިސްޓަމްތަކުގައި ބޭނުންކުރާ ކެމެރާ ފީޑްތައް މެދުވެރިކޮށް ޖާސޫސްކުރެވޭނެ ގޮތް އެމެރިކާގެ ސައިންސްވެރިންގެ ޓީމަކުން ހޯދުމާއެކު ކެމެރާއެއް ބޭނުންކުރާ ކޮންމެ ވަސީލަތަކީވެސް ޕްރައިވެސީއަށް އޮތް ނުރައްކަލެއްކަން ހާމަވެއްޖެއެވެ.

“އީއެމް އައި” ނަމަކަށް ކިޔާ މި ވަސީލަތް ނެދުވެރިކޮށް ފާރުތަކުގެ ފުރަގަހުގައި ފަރުދާވެފައިވާ މަންޒަރުތައްވެސް ނަގައިގަނެވޭއިރު، މީގެ ނާޖާއިޒް ފައިދާ ނެގުމުގެ ބިރުވަނީ އުފެދިފައެވެ.

ނޯތްއީސްޓަން ޔުނިވާސިޓީގެ އިލެކްޓްރިކަލް އެންޑް ކޮމްޕިއުޓަރ އިންޖިނިއަރިންގް ގެ ޕްރޮފެސަރެއް ކަމަށްވާ ކެވިން ފޫ އިސްވެ ހުރެ ކުރިއަށްގެންދިޔަ މި ދިރާސާއަކީ، ޒަމާނީ ގިނަ ކެމެރާތަކުގައި ބޭނުންކުރާ ޑޭޓާ ޓްރާންސްމިޝަން ކޭބަލްތަކުގައި ހުންނަ އުނިކަމަކަށް ޓާގެޓުކޮށްގެން ކުރި ދިރާސާއެކެވެ. އެގޮތުން، މި ކޭބަލްތަކުން ރޭޑިއޯ އެންޓަނާ ފަދައިން މަސައްކަތް ކުރާކަމަށާއި، އިލެކްޓްރޯ މެގްނެޓިކް މައުލޫމާތު ލީކުކުރާކަމަށް ދިރާސާގައި ވަނީ ބުނެފައެވެ. އަދި އެ މައުލޫމާތު ޑީކޯޑުކޮށްގެން ވަގުތުން މަންޒަރުތައް ބަލާލެވޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް