އެގްރިކަލްޗަރގެ ސްޓޭޓް މިނިސްޓަރު ޙުސައިން އިސްމާޢީލް މަގާމުން ވަކިކޮށްފި

Loading

Facebook
Twitter
WhatsApp

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ގެ ސްޓޭޓް މިނިސްޓަރު ޙުސައިން އިސްމާޢީލް މަގާމުން ވަކިކޮށްފިއެވެ.

ޙުސައިން ވަނީ ބައެއް މީޑިއާތަކަަށް އޭނާ މަގާމުން ވަކިކުރިކަން ކަށަވަރުކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރޭގެ ވަގުތެއްގައި އޭނާ މަގާމުން ވަކިކުރީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

ނަމަވެސް ޙުސައިން މަގާމުން ވަކިކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސެއްގެ މަގާމުގައި ހުންނެވި ޙުސައިން ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 19 ގައެވެ.

ޙުސައިން މަގާމުން ވަކިކުރި ނަަމަވެސް އެ މިނިސްޓްރީގައި ދެސްޓޭޓް މިނިސްޓަރުން އެބަ ތިއްބެވިއެވެ. އެއީ އަޙްމަދު ޙަަސަންދީދީއާއި ވިޝާމާ އަޙްމަދެވެ.

Loading

One Response

  1. މިސަރުކާރަށް ސްޓޭޓް މިނިސްޓަރުންނާއި ނައިބުން މަދެއް ނުވާނެ. އެކަކު ކަނޑާކަން ޖެހިއްޖެނަމަ 18 އަހަރުން މަތީގެ 2 މީހުން އިސްކޮށްލާނެ. ޗެއަރ ޕާސަން ގަދަވާނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް