މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައި ވަނީ އިސްކަންދަރުކޮށީގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު އެވެ.

އެގޮތުން ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތު ހަތަރު މީހަކަށް ކުރެވޭ ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރީ ދެ ފިރިހެނުންނާއި އަންހެނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެމީހުން ވަނީ މީހެއްގެ ފޯން ބޭނުންކޮށްގެން އެކި ފަހަރުމަތިން ފައިސާ އެކައުންޓުތަކަށް ޓްރާންސްފާކޮށްފައި ކަމަށް ފުލުހުން ހާމަކުރެއެވެ. އަދި މައްސަލަ ހުށަހެޅިތާ 48 ގަޑިއިރު ތެރޭގައި %80 ފައިސާ ރިކަވާކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

އެހެން ކަމުން މި މައްސަލައިގައި ހޯދި ފައިސާ ވެރިފަރާތާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ރަޝީދު ވިދާޅުވީ މި މައްސަލައިގެ ތުހުމަތު ހަތަރު މީހަކަށް ކުރެވޭ ކަމަށާއި އޭގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރު ނުކުރަނީ، މައްސަލައިގައި ޝާމިލުވާ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއް ކަމަށް ރަޝީދު ވިދާޅުވިއެވެ.

މި ޓްރާންސެކްޝަންތައް ހިންގާފައި ހުރި ބޭންކުތަކާއި އެކު ވަގުތުން ކޯޑިނޭޓް ކުރުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި ގެއްލުނު ފައިސާގެ 98 އިންސައްތަ ހޯދުނު ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް