ސައްހަ ނޫން ޑޮލަރާއެކު ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް

Loading

Facebook
Twitter
WhatsApp

ސައްހަ ނޫން ޑޮލަރާއެކު ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސްޖަހައިފިއެވެ.

މި މައްސަލައިގައި ސައްހަ ނޫން ޑޮލަރާއެކު ހައްޔަރުކޮށްފައި ވަނީ މާލެ އަށް ނިސްބަތްވާ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެގޮތުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިއްޔެ ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.

އޭނާ ކޯޓުގައި ބުނެފައި ވަނީ ޑޮލަރު ލިބުނީ މީހަކަށް ކޮށްދިން މަސައްކަތެއްގެ އުޖޫރައެއްގެ ގޮތުން ކަމަށާއި ސައްހަ ނޫން ޑޮލަރެއްކަން އެނގުނީ މާރުކުރަން ދިނުމުން ކަމަށެވެ.

މީގެ އިތުރުން އޭނާ ބަންދު ކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށާއި އަދި ސައްހަ ނޫން ޔޫއެސް ޑޮލަރުގެ ފޮޓޯ ހުށަހަޅާފައިވާ ކަމަށެވެ.

ހަމަ އެހެންމެ އޭނާ އަކީ ކުށުގެ ވެށީގައި އުޅޭ މީހެއް ކަމަށާއި އޭނާ ވަނީ ތަފާތު އެކި އެކި ކުށްތަކުގައި 43 ފަހަރަށް ބަންދުކޮށްފައި ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް