މި ސަރުކާރުން ނަގާ ކޮންމެ ލޯނެއްވެސް ނަގާނީ އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ ގޮތަށް:ރައީސް މުޢިއްޒު

Loading

Facebook
Twitter
WhatsApp

މި ސަރުކާރުން ނަގާ ކޮންމެ ލޯނެއްވެސް ނަގާނީ އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ކުރާނެ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީގެ މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު އިރުޝާދިއްޔާ ސްކޫލްގައެވެ.

އެގޮތުން އެ މަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤުތިޞާދު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފައިކަން ފާހަގަކުރައްވައި، މި ސަރުކާރަށް ކުރީ ސަރުކާރުން ޖުމްލަ 120 ބިލިޔަން ރުފިޔާގެ ދަރަނި ވާރުތަވެފައި އޮތް ކަމަށާއި އެއީ މިއިން ޒަމާނަކު ރާއްޖޭގެ އިޤުތިޞާދު ނުވެއްޓޭ މިންވަރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މީގެ ކުރިން ލޯނުތައް ނަގާފައި ވަނީ ރައްޔަތުންނަށް އޭގެ އެންމެ ފައިދާވާ ގޮތަށް ނޫންކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އޭގެ ބަދަލުގައި ލޯނެއް ނަގައިގެން ކުރިއަށްގެންދާ މަޝްރޫޢެއްވިޔަސް މި ސަރުކާރުން ކުރިއަށްގެންދާނީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް އެ މަޝްރޫޢަކުން އާރޯކަން އަންނާނެ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ އެހެންމެ ނަގާ ލޯނެއްވެސް ނަގާނީ ދިގު މުއްދަތަކަށް ބަހާލައިގެން ވީހާވެސް ލުއިގޮތަކަށް ރާއްޖޭގެ އިޤުތިޞާދަށް ކަތާ މިންވަރަކަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ މި ދައުރުގެ ތެރޭގައި އައްޑޫސިޓީގެ އެއާޕޯޓުގެ މަސައްކަތާއި، އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތްތަކާއި، ސީޕްލޭން ހަބަކާއެކު އައްޑޫސިޓީގެ ބްރިޖުގެ މަސައްކަތް ހިމެނޭހެން ހުރިހާ މަސައްކަތެއް އެކުއެކީގައި ރައްޔިތުން އެދޭގޮތަށް ކުރައްވައި ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ.

އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް