އިންޑިއާއަށް ދަތުރުކުރަމުން ދިޔަ ތެޔޮ ޓޭންކަރަކަށް ޔަމަނުން ހަމަލާދީފި

Loading

Facebook
Twitter
WhatsApp

ޕަނަމާގެ ދިދައިގެ ދަށުން އިންޑިއާއަށް ތެޔޮ ހިފައިގެން ރަތްކަނޑު ހުރަސްކޮށް ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރަކަށް ޔަމަނުގެ ހޫތީ މުޖާހިދުން މިސައިލް ހަމަލާއެއް ދީފައިވާކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފިއެވެ. 

އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ މިސައިލް ފޮނުވާލާފައިވަނީ ޔަމަނުން ކަމަށާއި މިސައިލް ޖެހިފައިވަނީ ޕޮލަކްސް ނަމަކަށް ކިޔާ ތެޔޮ އުފުލާ އުޅަނދުގެ ވާއަތް ފަރާތުގައި ކަމަށެވެ. 

އިނގިރޭސި ވިލާތުގެ ސެކިއުރިޓީ ފާމްއެއް ކަމަށްވާ އެމްބްރީ އިން ބުނެފައިވާ ގޮތުގައި، ޔަމަނުގެ މޯޚާ ބަނދަރާއި 72 ނޯޓިކަލް މޭލު ބޭރުގައި އޮތް މި ތެޔޮ ޓޭންކަރަށް ދިން ހަމަލާގައި އުޅަނދަށް އެކިވަރުގެ ގެއްލުން ވީނަމަވެސް، އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލުއާންމާއި ގުޅިގެން ޔަމަނުގެ ހޫތީ ސިފައިން ވަނީ ރަތް ކަނޑު ހުރަސްކޮށް އިސްރާއީލަން ދަތުރުކުރާ ބޯޓުފަހަރާއި އިސްރާއީލުން ފުރައިގެންދާ ބޯޓުތަކަށް ހަމަލާދޭނެކަމަށާއި، މިގޮތަށް ހަމަލާދޭ އުޅަނދުތަކަކީ ކޮން ގައުމެއްގެ ކޮން ދިދައެއް ބޭނުންކުރާ އުޅަންދެއްކަން ނުބަލާނެކަން އަންގައި މީގެ ކުރިން އިންޒާރުދީފައެވެ.

ޔަމަނުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ތެލާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން އެހެނިހެން އަސާސީ މުދާތައް އުފުލުމަށް އިސްރާއީލަށް ދަތިވެފައިވާއިރު، މުދާ އުފުލުމުގެ އަގާއި، މުދާ ރައްކާތެރިކުރުމަށް އިންޝުއަރ ކުރުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، އިސްރާއީލުގެ އިޤްތިޞާދަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އުޅަނދުތަކުގެ ރައްކާތެރިކަމަށްޓަކައި ގިނަ ކުންފުނިތަކަކުން އެކުންފުނިތަކުގެ އުޅަނދުތައް ދަތުރުކުރާ މަގަށް ބަދަލު ގެނެސްފައިވާއިރު، ސުއޭޒް ކެނެލްއިން ދަތުރުކުރުމުގެ ބަދަލުގައި މިބޯޓުތަކުން ދަތުރުކުރަން ޖެހެނީ އެފްރިކާގެ ވަށައިގެންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް