ޔޫކްރެއިންގެ ބޮޑު ޝަހަރެއް އަނެއްކާވެސް ރަޝިޔާއަށް

Loading

Facebook
Twitter
WhatsApp

ސީއެންއެންގެ ޚަބަރުގައި ބުނެފައިވާގޮތުން އަނެއްކާވެސް ޔޫކްރެއިންގެ ބޮޑު ޝަހަރެއް ރަޝިޔާގެ ސިފައިންގެ ބާރުގެ ދަށަށް ހިނގައްޖެއެވެ.

މިފަހަރު ޔޫކްރެއިނަށް ގެއްލިގެން އެ ދިޔައީ ޔޫކްރެއިން އަވްޑީވްކާއެވެ. އެ ޝަހަރަކީ ޑޮނާސްކް އޮބްލާސްޓުގައި ހިމެނޭ ޝަހަރެކެވެ. މިދިޔަ ހޮނިހިރު ދުވަސް ރައީސް ޒެލެންސްކީއަށް ފޯނުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ބައިޑަން ވިދާޅުވީ އެ ޝަހަރު ޔޫކްރެއިނަށް ގެއްލިގެން އެދިޔައީ ކޮންގްރެސްއިން ޔޫކްރެއިނަށް އެހީވެދިނުން ހުއްޓުވާފައި އޮތުމުގެ ސަބަބުން ކަމަށެވެ.

ޮހަމަ މިމޭރުމުން ނާއިބްރައީސް ކަމަލާ ހަރިސްވެސް ރިޕަބްލިކަން މެމްބަރުންނަށް ބަހުގެ ހަމަލާތައް ރައްދުކުރައްވައި ވާހަކފުޅު ދެއްކެވިކަމަށް ވެއެވެ. އެހެންނަމަވެސް އެހީފޯރުކޮށްދިނުމުގެ އެ ބިލް ފާސްކޮށްދޭނެކަމަށް އެކަމަނާ ޔަގީންކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅާގުޅިގެން ރައީސް ޒެލެންސްކީ ވިދާޅުވީ އެމެރިކާއިން ނޫނީ އަހަރެމެންނަށް އެހީއެއް ލިބޭނެ އެހެން ގައުމެއް މިހާރު ނެތް ކަމަށެވެ. އަދި މިވަގުތު ހައުސް ޗުއްޓީއަށް ދިއުމުގެ ސަބަބުން ލަސްވަނީ ކަމަށާއި އެކަމަކު އެކަން ހަމަޖެހިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.                    

ޖަރުމަނުގައި ބޭއްވި މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ރައީސް ޒެލެންސްކީއާއި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ކަމަލާ ހަރިސް ވިދާޅުވީ ގާތް ރަޙްމަތްތެރިންނަށް ކަންތައް ބޮޑުވެގެން އުޅޭއިރު ސިޔާސީގޮތުން ގޭމު ޖައްސައިގެން ނުވާނެ ކަމަށެވެ. ޔޫކްރެއިން ސިފައިން ކުރާ ހިތްވަރަށް ތައުރީފްކުރައްވަމުން އެކަމަނާ ވިދާޅުވީ ޔޫކްރެއިންގެ ސިފައިން އަތުގައި ހުރި ހަތިޔާރުކޮޅުން ރޭޝަން ކުރަން ޖެހިފައިވާއިރު މިދިޔަ ހަފުތާގައި ސެނޭޓުން 60 ބިލިއަން ޑޮލަރުގެ އެހީ  ޔޫކްރެއިނަށް ފޯރުކޮށްދޭން ފާސްކުރިނަމަވެސް ޖީ އޯ ޕީ ގެ ހައުސް ސްޕީކަރ މައިކް ޖޯންސަން އެ ފާސްކުރުން ތަޅުމަށް ގެންނަން ބޭނުން ނުވާތީ ހައުސް މެމްބަރުންނަށް ދެ ހަފުތާގެ ޗުއްޓީއެއް ދިނީއެވެ.

ޔޫކްރެއިންގެ ސިފައިން އެ ޝަހަރުން ފައިބަން ޖެހުމުން އެމެރިކާގެ ރަސްމީ ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރުމާއެކު މިއީ ކޮންގްރެސްގެ ނުކުޅެދުންކަމުން ޔޫކްރެއިނަށް ގެއްލުނު ޝަހަރެއްކަމަށް ބުނެ ފާޑުކިޔަމުންނެވެ. އަވްޑީވްކާ ގެއްލިގެން އެދިޔައީ ކޮންގްރެސް އިން ޔޫކްރެއިނަށް އެހީވެދިނުމަށް ފާސްކޮށް ނުދިނުމުގެ ސަބަބުން ކަމަށް ވިދާޅުވެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު އެޑްރިއާން ވަޓްސަންވެސް ވަނީ ކޮންގްރެސްއަށް ނުރުހުމުގެ އިނގިލި ދިއްކުރައްވާފައެވެ.
  
ޑެލުވާގެ ރެހޯބޮތު ބީޗުގައި ހުންނަވާފައި ރައީސް ބައިޑްން ވިދާޅުވީ ޔޫކްރެއިންގެ ސިފައިން އެމީހުންގެ ގައުމު ދިފާއުކުރުމުގެ އެންމެހާ ހުރަސްތައް ގިރާކުރަމުންދާއިރު ގާތް އެކުވެރި ގައުމެއްގެ ހައިސިއްޔަތުން އެމެރިކާއިން އެހީ ފޯރުކޮށްދިނުން ހުއްޓުވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ރައީސް ބައިޑްންގެ ބަސްފުޅުންނަމަ އެއީ އައުޓްރޭޖަސް އަން އެތިކަލް އެންޑް އެބްޒާރޑް ކަމެކެވެ. އަދި މިގޮތަށް ކަންތައް ދާނަމަ ޔޫކްރެއިންގެ އެހެން ޝަހަރުތައްވެސް ނުގެއްލޭނެކަމަށް މިހާރު ބުނާކަށް ނުކެރޭނެއެވެ. މިދިޔަ އަހަރު ރަޝިޔާއިން އެ އޮތީ ބަޚްމޫތު އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

މި މުހިންމު މަސައްކަތް ނިންމަނަ ޖެހިފައި އޮއްވައި ދެ ހަފްތާގެ ޗުއްޓީ ނެގުމަކީ އެމެރިކާގެ ރަހްމަތްތެރި ގައުމާކާ ދޭތެރޭ ކަންތައްކުރުން ކޮންފަދައަކުން ހެޔޮވާނެ ކަމެއް ހެއްޔެވެ. ހައުސް ގެ ގާނޫނީ ބޭފުޅުންނަށް ފާޑުވިދާޅުވެ ނޫސްވެރިންނާ މުޚާތަބުކުރައްވައި ރައީސް ބައިޑްން ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް