ރައީސް މުޢިއްޒަށް އިތުބާރުކުރުމަކީ ސަލާމަތް ބުއްދި ހުރިމީހަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: ޑރ.ޖަމީލު

Loading

Facebook
Twitter
WhatsApp

‏ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް އިތުބާރުކުރުމަކީ ސަލާމަތް ބުއްދި ހުރިމީހަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އިސް ވަކީލު ޑރ.ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ.މުޢިއްޒު ދެއްކެވީ ރައީސް ޔާމީނަށް ނުހައްގުން ޖަލު ހުކުމެއް ކޮށްފައިވާ ވާހަކައާއި ހަރާމް ހުކުމެއްގެ ވާހަކަ ކަމަށެވެ.

“ފެށީ ރައީސް ޔާމީނަށް ދޮގު ހަދައިބހުސްގޮނޑި ދައްކައި ހަރާމް ހުކުމުގެ ވާހަކަ ދައްކަމުން. މިއަދު މަސްވެރިންނަށް ފައިސާ ނުދީ ސިޔާސީ މަގާމު އުފައްދަނީ. ބޭރު ދަތުރުތައް ކުރަނީ.“

އެހެންކަމުން ރައީސް މުޢިއްޒަށް އިތުބާރުކުރުމަކީ ސަލާމަތް ބުއްދި ހުރިމީހަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ދޮގު ހަދައި ހުސްގޮނޑި ވިއްކުމަށްފަހު އިތުރަށް ރައްޔިތުން މޮޔަހައްދަން ކުރާ މަސައްކަތަށް ރައްޔިތުން ފާރަވެރިވާނެ ކަމަށެވެ.

“ކޮބާ ރައީސް ޔާމީނުގެ ޙަރާމް ޙުކުމް؟
ކޮބާ ހުސް ގޮނޑި؟ އަދި ހަނދާން ނެތޭހާ ދުވަހެއް ނުވޭ.“ ޖަމީލު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް