އެމްޕީއެލްއިން މާޗު 6 ގައި މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ބާއްވަނީ

Loading

Facebook
Twitter
WhatsApp

މެރިޓައިމް ދާއިރާގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުން ބައިވެރިކޮށްގެން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެެވެ.

މި ކޮންފަރެންސް ކުރިއަށްދާނީ ޕެރަޑައިސް އައިލެންޑް ރިސޯޓްގައެވެ.

މި ކޮންފަރެންސް ކުރިއަށްގެންދާނީ އިންޓަރނޭޝަން ޕޯޓްސް އެންޑް ހާބަރސް (އައިއޭޕީއެޗް) އާއި ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އާއި ޖޮހޯރް ޕޯޓް (މެލޭޝިއާ) އަދި ޕޯޓް އޮފް ވެލެންސިއާ (ސްޕެއިން)އާ ގުޅިގެންނެވެ. 

އެމްޕީއެލްއިން ބުނީ ރާއްޖެއަކީ ކުރިއަރަމުން އަންނަ ޖަޒީރާ ގައުމަކަށްވާއިރު، މެރިޓައިމްގެ ދާއިރާއަކީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ނެޓްވޯކްތަކާ ގުޅުވައިދޭ މުހިންމު ދާއިރާއެއް ކަމަށެވެ. އެގޮތުން މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ބޭއްވުމުގެ އެއް ބޭނުމަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުންނާއި އެކި ގޮތްގޮތުން ދާއިރާއާ ގުޅުންހުރި ފަރާތްތައް އެއްކޮށް، ދާއިރާގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުން ކަމަށެވެ.

“މި ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަަކާއި މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވޭނެ.“

މެރިޓައިމް ކޮންފަރަންސްގައި މެރިޓައިމް ދާއިރާގެ ކުންފުނިތަކާއި ރާއްޖޭގެ ސްޓޭކް ހޯލްޑަރުންނާއި ބައިނަލްއަގުވާމީ ސްޓޭކް ހޯލްޑަރުންގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ. އަދި މި ފޯރަމްގެ ސްޕީކަރުންގެ ގޮތުގައި ރާއްޖޭގެ ތަޖުރިބާކާރުންނާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުން ވެސް ބައިވެރިވާނެ ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.

މެރިޓައިމް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ.

މެރިޓައިމް ފޯރަމްގައި ރަޖިސްޓްރީވުމަށް: https://rb.gy/s9hec5

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް