އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫއުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފި

Loading

Facebook
Twitter
WhatsApp

އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު 2024 ގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގައި ގއ. އަދި ގދ އަތޮޅުގެ 17 ރަށުން އިމާމުން ބައިވެރިވެފައިވާ ކަމަށެވެ.

އެގޮތުން ޖުމްލަ 64 އިމާމުން ވަނީ ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ ގޮތަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިމާމުންނަށް އަމާޒުކޮށްގެން އިމާމުކަމުގެ ފަންނުގައި އިމާމުންގެ އިލްމާއި ހުނަރު ތަރައްޤީ ކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް އަމާޒުކޮށްގެން ބޭއްވޭ ޕްރޮގްރާމުތަކެކެވެ.

އިމާމުންނާއި ޚަޠީބުންގެ އިލްމާއި ހުނަރު ތަރައްޤީ ކުރުމަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ބޭއްވުމުގެ އިތުރުން އިމާމުންނާއި ޚަތީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. މިގޮތުން އެ ފުރުޞަތުގެ ދަށުން ފުރާ ފުރަތަމަ ބެޗު މި މަހު 16 ގައި މައްކާއަށް ފުރާނެ ކަމަށާއި މައްކާއަށް ފުރާ ދެވަނަ ބެޗު  ޝައްވާލު މަހުގައި ފުރާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި އަހަރު އިމާމުންނާއި ޚަޠީބުން، ސައުދީގެ އިތުރުން މިޞްރު، މެލޭޝިޔާ، ބުރޫނާއި އިންޑޮނޭޝިޔާއަށް ވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުތައް ކުރާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް