ހިލަރީ ކްލިންޓަން އަކީ “ވާރ ކްރިމިނަލް” އެއްކަމަށް ގޮވާލައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަން އަކީ ހަނގުރާމަމަތީ ކުށްވެރިއެއްކަމަށް ފަލަސްތީނަށްޓަކައި މުޒާހަރާކުރާ ފަރާތްތަކުން ގޮވާލައިފިއެވެ.

ނިއުޔޯކުގެ ކޮލަމްބިއާ ޔުނިވާސިޓީގައި ހިލަރީ ދެމުންގެންދިޔަ ލެކްޗަރއެއް މެދުކަނޑާލައި، މުޒާހަރާވެރިން ގޮވަމުން ގެންދިޔައީ ހިލަރީއަކީ “ވާރ ކްރިމިނަލް” އެއްކަމަށައި، އޭނާކުރި ކުށްތަކުގެ ޖަޒާއެއްގެ ގޮތުން އޭނާ “އަނދާނެ” ކަމަށެވެ.

ހިލަރީގެ ފުރިހަމަ ނަމުން ގޮވައި، މުޒާހަރާކުރަމުންދިޔަ ފަރާތަކުން ގޮވާފައިވަނީ “ތިއީ ހަނގުރަަމަ މަތީ ކުށްވެރިއެއް. ލިބްޔާ މީހުންނާ، އިރާޤު މީހުންނާ، ސީރިއާ މީހުންނާ، ޔަމަނު މީހުންނާ، ފަލަސްތީނު މީހުންނާ، އެމެރިކާ މީހުންވެސް މާފެއްނުކުރާނެ.” އޭނާ ބުނެފައިވެއެވެ.

2009 ވަނަ އަހަރާއި 2013 ވަނަ އަހަރާއޮ ދެމެދު ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމު އަދާކުރި ހިލަރީ ކްލިންޓަން އަކީ އިޒްރޭލަށް ފާޅުގައި ސަޕޯޓުކޮށްފައިވާ ފަރާތެކެވެ.

Loading

One Response

  1. ތިނޫން ވެރިއެއް އެމެރިކާގައި އުޅޭތަ؟ މުޅި ދުނިޔޭގައި ޖަރީމާ ހިންގާފަ ހަމަ ހެވިފަ އެތިބެ އުޅެނީ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް