މެލޭޝިއާ އަށް ދަތުރުކުރާ ތުރުކީ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

Loading

Facebook
Twitter
WhatsApp

2023 ވަނަ އަހަރު މެލޭޝިއާއަށް ދަތުރުކުރި ތުރުކީގެ ފަތުރުވެރިންގެ އަދަދު 10.8 އިންސައްތަ އިތުރުވެއްޖެއެވެ. މެލޭޝިއާގެ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހާއި ނޮވެމްބަރު މަހާއި ދެމެދު ތުރުކީގެ 15،623 ފަތުރުވެރިން އެގައުމަށް ދަތުރުކުރިއިރު، 2019 ވަނަ އަހަރުގެ މި މުއްދަތުގައު މިއަދަދު އުޅުނީ 14،096 ގައެވެ.

މެލޭޝިއާގެ ފަތުރުވެރިކަމާއިބެހޭ ވުޒާރާގެ ސެކްރެޓަރީ ޖެނެރަލް ޑަޓުކް ރުސްލާން އަބްދުއްރަހްމާން ބުނެފައިވަނީ، މެލޭޝިއާއަކީ ފަތުރުވެރީންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ދެއްކުމަށް އެވުޒާރާއިން ކުރި މަސައްކަތުގެ ކާމިޔާބުކަން މި ނަތީޖާއިން ހާމަވާކަމަށެވެ.

“މިއީ ރަނގަޅު ކުރިއެރުމެއް. 2019 ވަނަ އަހަރުގެ ތަފާސް ހިސާބުތަކާއި އަޅައިކިޔަނީ އެއީ އާލަމީ ވަބާއެއްގެ ތެރޭގައި ދަތުރުކުރި ފަތުރުވެރީންގެ އަދަދުތަކެއް ކަމަށްވާތީ.” އޭނާ ބުންޏެވެ. “ އިންޝާ 2024 ވަނަ އަހަރު އަދި މިއަށްވުރެވެސް ރަނގަޅުވާނެ. ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަށް ދާނީ ކުރިއަށް.”

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް