އެޓްލާންޓިކް ކަނޑުގެ ސާކިއުލޭޝަން މޫސުމީ ނޭދެވޭ ބަދަލާކާ ދިމާލަށް މިސްރާބު ޖަހައިފި: ދިރާސާ

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ކަނޑުކަމުގައިވާ އެޓްލާންޓިލް ކަނޑުގެ ސާކިއުލޭޝަން މޫސުމީ ނޭދެވޭ ބަދަލުތަކަކާއި ދިމާލަށް މިސްރާބު ޖަހާފައިވާކަމަށާއި މިއީ އިންސާނިއްޔަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ. 

ޕޮޓްސްޑަމް އިންސްޓިޓިއުޓް ފޮރ ކްލައިމެޓް އިމްޕެކްޓް ރިސާޗް (ޕީއައިކޭ) ގެ ސައިންސްވެރިންގެ ޓީމަކުން ކުރި ދިރާސާގައި ބުނެފައިވަނީ މޫސުމަށް އަންނަ ބަދަލުތައް އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް ބޭނުންކުރާ އެންމެ މުހިންމު އޯޝްން ކަރަންޓްސްގެ އެއް ނިޒާމުކަމުގައިވާ އެޓްލާންޓިކް މެރިޑިއަނަލް އޯވަޓާނިންގް ސާކިއުލޭޝަން (އެމަކް) އަށް ބޮޑު ލޮޅުމެއް އަޔުމާއި ގާތްވެފައިވާކަމަށެވެ. އެގޮތުން، މިފަދަ ބަދަލެއް އެންމެ ފަހުން އައިސްފައިވަނީ މީގެ 10،000 އަހަރު ކުރީން ކަމަށާއި، މީގެ ސަބަބުން ދުނިޔޭގެ ބޮޑު ބަޔަކަށް އަސަރުކުރާނެ ކަމަށް އެ ދިރާސާއިން ވަނީ ލަފާކޮށްފައެވެ. 

އެމަކް އަކީ ގަލްފް ސްޓްރީމާއި އެހެންވެސް ބާރުގަދަ ކަނޑުގެ ކަރަންޓްތައް އެއްކޮށް، ހޫނާއި، ކާބަންއާއި، އެހެން މާއްދާތައް އާކްޓިލް ސާކަލްއާއި ދިމާލަށް ގެންގޮސްދޭ “މެރިން ކޮންވޭޔަރ ބެލްޓް” އެކެވެ.  އެހޫނުކަން ފިލުވާލައި ފިނިކޮށް ކަނޑުގެ އެންމެ އަޑިއަށް ކަރަންޓްތައް އޮއްބާލަނީ އެހިސާބުންނެވެ. 

މިނިޒާމު މިގޮތަށް ނުހިނގާނަމަ އެއީ ޖައްވު ހޫނުވުމުގެ މައްސަލައަށް ލިބޭ އިތުރު ބާރެކެވެ.

1950 ވަނަ އަހަރަށްފަހު އެމަކް 15 އިންސައްތަ ދަށަށް ގޮސްފައިވާއިރު، 2023 ވަނަ އަހަރު ހެދި އެހެން ދިރާސާއަކުން އެފަދަ ލޮޅުމެއް އަރާނެކަމަށް ލަފާކޮށްފައިވަނީ 2025 ވަނަ އަހަރާއި 2095 ވަނަ އަހަރާއި ދެމެދުގައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް