މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ބާއްވާ ''ލ.ގަން ކައުންސިލް އައުޓް ރީފް މަސް ރޭސް'' މާޗު 2 ގައި

Loading

Facebook
Twitter
WhatsApp

ލ.ގަމު އައުޓް ރީފް ސްޕޯޓްސް ކްލަބުން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދަން ނިންމާފައިވާ މަސް ރޭސް އަންނަ މާޗު މަހުގެ ދެވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މިއީ އައުޓް ރީފް ސްޕޯޓްސް ކްލަބުން މަސް ރޭސް ބާއްވާ ދެވަނަ ފަހަރެވެ.

މުޅި ލ.އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ މަސް ރޭހާ ގުޅޭ ގޮތުން “ސަންދާނު“ އާ މައުލޫމާާތު ހިއްސާ ކުރަމުން އައުޓް ރީފް ސްޕޯޓްސް ކްލަބުން ބުނީ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ތިމާވެށްޓާ ރަށްޓެހި އާދަތަކާއި ކަނޑުތަކުގެ ދިރުން ރައްކާތެރި ކުރުމަށް ފަރުދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރެވިދާނެ ކަންތައްތަކަށް ހޭލުންތެރި ކުރުވުން ކަމަށެވެ.

އައުޓް ރީފް ސްޕޯޓްސް ކުލަބުން ދެކޭ ގޮތުގައި މަސް ރޭސް ފަދަ މޫދު ކުޅިވަރުތައް ތައާރަފުކޮށް ހިންގުމަކީ އަތޮޅު ފެންވަރުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަމެކެވެ.

އެ ކުލަބުން ނުނީ މިއަދު ވެސް ގަމުގައި ހިނގަމުންދާ ފަތުރުވެރިކަމާ ގުޅޭ ހަރަކާތެއްގެ ގޮތުގައި ފެންނަ އެއްކަމަކީ ސްޕޯޓްސް ފިޝިންގ ކަމަށެެވެ. އަދި މިކަމުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އަދި ރާއްޖެއިން ބޭރުގެ ފަރާތްތައް ގަމަށް ޒިޔާރަތް ކުރަމުންދާ ކަމަށެވެ.

“މިކަމުގެ ނަތީޖާއެއްގެ ގޮތުން އެތަކެއް ޒުވާނުން މި އިގުތިސާދީ މަންފާ ހޯދުމަށް މަސް ލޯންޗުތައް ހަދައި މި އިގުތިސާދީ ހަރަކާތުގައި ދަނީ ގިނަ އަދަދަކަށް ޝާމިލުވަމުން. އެހެންކަމުން ފަތުރުވެރިކަން މި ލާމު އަތޮޅުގައި އަދި މި ލާމު ގަމުގައި ކުރިއެރުވުމަށް ކުރެވެން އޮތް އެންމެ ފައިދާކުރުވަނިވި މަސައްކަތަކީ މިއީ ކަމުގައި މި ކުލަބުން ދެކެން.“

ގަމު ކައުންސިލުގެ އިދާރާއާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި މަސް ރޭހުގެ އެންމެހާ ކަންކަން ހިންގާނީ އައުޓް ރީފް ސްޕޯޓްސް ކުލަބުގެ ފަރާތުން އެކުލަވައިލާ އޯގަނައިޒޭޝަން ކޮމިޓީއަކުންނެވެ.

އައުޓް ރީފް އިން ބުނި ގޮތުގައި މި އިވެންޓާ ބެހޭ މައުލޫމާތު ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދޭނެއެވެ. އެގޮތުން ހުޅުވުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތު ލައިވް ކުރާނެއެވެ. އަދި އިވެންޓާ ގުޅޭ ފޮޓޯ, ވީޑިއޯ އަދި އެހެނިހެން މައުލޫމާތު ހިއްސާކުރާނެއެވެ.

https://www.facebook.com/share/v/D62vhzE7LT5RmXyK/?mibextid=2JQ9oc

އައުޓް ރީފް އިން ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހުޅުވައިލާނެ ކަމަށެވެ. އަތޮޅަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ނަަމަވެސް ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ޓީމުތައް ހަދައިގެން ބައިވެރިވުމުގެ ފުރުސަތު އެބަ އޮތެވެ.

މި މުބާރާތާބެހޭ އިތުރު މައުލޫމާތު 7663559 އަދި 7822282 ފޯނު ނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

އައުޓް ރީފްގެ އަމާޒަކީ ގައުމީ ފެންވަރުގައި މި އިވެންޓް ކުރިއަށް ގެންދިއުމަށް ފަތުރުވެރިކަން ޕްރޮމޯޓްކުރާ ރާއްޖޭގެ އިދާރާތަކާއެކު މަސައްކަތް ކުރުމެވެ.

މި މުބާރާތުގައި ހޮވާނެ ވަނަތައް:

އެއްވަނަ ޓީމް
ދެވަނަ ޓީމް
ތިންވަނަ ޓީމް
މުބާރާތުގެ އެންމެ ބޮޑު މަސް ބާނާ މަސްވެރިޔާ

އައުޓް ރީފް އިން މިދިޔަ އަހަރު ބޭއްވި މަސް ރޭހަށް ވަރަށް ބޮޑު ތަރުހީބެއް ލިިބިގެންދިޔައެވެ. އެފަހަރުގެ ރޭހުގައި 25 ޓީމް ބައިވެރިވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް