އިންތިޚާބުގެ ތާރީޚަށް ބަދަލެއް އަޔަސް ކުރިމަތިލުމަށް ދެން އިތުރު މުއްދަތެއް ނުލިބޭނެ: އީސީ

Loading

Facebook
Twitter
WhatsApp

އިންތިޚާބަށް ކުރިމަތިލުމަށް ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މަޖިލިސް އިންތިޚާބު ބާއްވަން ނިންމާފައިވަނީ މާޗު 17 ގައި ނަމަވެސް އިންތިޚާބުތަކާބެހޭ ގުޅޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކާ ގުޅިގެން މި ތާރީޚު ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ އިންތިޚާބުގެ ތާރީޚަށް ބަދަލެއް އަޔަސް، އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަށާއި ފޯމު ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުތެ 14 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 ކަމަށެވެ.

ހަބީބު ވިދާޅުވީ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިއުލާން ކުރިތާ 12 ދުވަސްވީއިރު މިހާތަނަށް އީސީއަށް ލިބިފައިވަނީ 18 އެޕްލިކޭޝަން ފޯމު ކަމަށެވެ.

އެގޮތުން އިއްޔެ ލިބުނީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި، އަމިއްލަ 2 ފަރާތަކުން ހުށަހެޅުއްވި 2 ފޯމު ކަމަށާއި މި 3 ހުށަހެޅުން ވެސް އީސީން ވަނީ ގަބޫލު ކޮށްފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް