ކުރީގެ ރައީސް ޞާލިޙްގެ ކެމްޕޭން ދަތުރުތަކަށް އެމްޑީޕީން ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ހޯދަން މޯލްޑިވިއަންއިން ކޯޓަށް ދަނީ

Loading

Facebook
Twitter
WhatsApp

އެމްޑީޕީން މޯލްޑިވިއަންއަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ހޯދަން ކޯޓަށް ދާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވިއަންއިން އެމްޑީޕީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެމްޑީޕީން ނަގާފައިވާ ޓިކެޓާއި ޗާޓަރު ފުލައިޓުތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 5,629,861 ރ. އަށް އަރާ ކަމަށެވެ.

މޯލްޑިވިއަންއިން ބުނީ ދެ ފަރާތުން އެއްބަސްވީ ޚިދުމަތް ހޯދާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާ ގޮތަށް ކަމަށާއި ނަމަވެސް އެކި ފަހަރު މަތިން ސިޓީ ފޮނުވައިގެން ވެސް ފައިސަ ދައްކާފައި ނުވާކަމަށެވެ.

އެހެންކަމުން މި މަހުގެ 18 ގެ ކުރިން ފައިސާ ނުދައްކައިފިނަމަ ކޯޓަށް ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޑީޕީން ފައިސާާ ދައްކަންޖެހެނީ މިދިޔަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ކުރި ދަތުރުތަަކަށެވެ.

Loading

3 Responses

  1. އެމްޑީޕީ ވެއްޖެއްޔާ ވަގުތުން ދައްކަން ހުކުންކުރާނެ ބަންދުވެސްކުރާނެ ކޮބާއާޒިމާ ސުކޫރުމައްޗައް ކުރިހުކުން ކޮބާ ލޯނުނުދައްކާގެން ދިޔައީޗޮކުން ވެރިކަންކުރާޕާޓީ ގައުޅޭތީ

  2. ދެރަ ކަމެއް…..ތިގޮތަށް ދަރަންޏަށް ތިޔަހާ ބޮޑެތި ޢަދަދުން ދައުލަތުގެ ފައިސާ ދިން މީހެއްގެ މަސްއަލަ ވެސް ބަލާ..އަދި ޕާޓީ އަށްދޫކުރާ ފައިސާ އަވަހަށް ހިފަހައްޓާ…އެއިން އެފައިސާ ކަނޑާ..ގައުމެއްވާ ނެތް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް