އިސްރާއީލަށް 17.6 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީދޭކަށް މިފަހަރުވެސް ފާހެއްނުވި

Loading

Facebook
Twitter
WhatsApp

ޔޫ އެސް އޭ ޓްޑޭ ވޯޝިންގްޓަނުން ޚަބަރު ދީފައިވާ ގޮތުގައި އިސްރާއީލަށް އެހީގެ ގޮތުގައި އެމެރިކާ ސަރުކާރުން ދޭން ބޭނުންވެގެން އުޅޭ 17.6 ބިލިއަން އެމެރިކާ ޑޮލަރ މިފަހަރުވެސް މަޖިލީހުން ފާހެއް ނުވިއެވެ.

މިއީ ބޭރު ގައުމުތަކަށް އެހީވެ ދިނުމުގެ ކުރިން އެމެރިކާގެ ބޯޑަރާއި އިމިގްރޭޝަންއަށް މެދުވެރިވެފައިވާ ގޮންޖެހުންތައް އެންމެ ފުރަތަމަ ހައްލުކުރަން ޖެހިފައިވާ ކަމަށް ދެ ޕާޓީން ވެސް ބާރުއަޅަމުންދާ ވަގުތެއްގައި އެ މެމްބަރުންނާ ދެކޮޅަށް އިސްރާއީލަށް އެހީ ފޯރުކޮށްދިނުމުގެ ޕެކޭޖް ފާސްކުރަން މަޖިލީހުގެ ރައީސް (ހައުސް އޮފް ރެޕްރެޒެންޓޭޓިވް ގެ ރައީސް ) މައިކް ޖޯންސަން ކުރަމުންގެންދިޔަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބެކެވެ. އެ ބިލް ތަޅުމުން ބޭރުކޮށްލީ 180-250 ވޯޓުންނެވެ. މިބާވަތުގެ ފާސްޓް-ޓްރެކް ބިލް ފާސްކުރެވޭނީ ތަޅުމުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.        

މަޖިލީހުގެ އެކި ދިމަދިމާއިން އެ ބިލަށް ނުރުހުން ފާޅުކުރަމުން ގެންދިޔަ ކަމަށްވެއެވެ. އަދި ރިޕަބްލިކަން މެމްބަރުން ގޮވަމުންގެންދިޔައީ މިވަގުތު އެބިލުގައި އަތްވެސް ނުލައި ބޭއްވުމަށެވެ.

ހަމައެއާއެކު މެދުއިރުމަތީގެ ހާލަތު ނުރައްކާތެރިވްފައިއޮތީ ހަމާސްގެ ސަބަބުންކަމަށްބުނެ އިސްރާއީލަށް އެހީތެރިވެ ދޭންޖެހޭ ކަމަށްވެސް ބައެއް މެމްބަރުން ގޮވަމުން ގެންދިޔައެވެ. އެހެންނަމަވެސް މި ބިލު ފާސްކުރަން އަވަސް އަރުވާލައިގެން އުޅޭ ސަބަބަކާމެދު ސެނޭޓުގެ ބައެއް ގާނޫނީ ބޭފުޅުންވެސް ކަންބޮޑުވުން ފާޅުކުރަމުން ގެންދިޔައެވެ.            

ބިލާ ދެކޮޅަށް ވޯޓު ދެއްވި ބޭފުޅުން ވިދާޅުވަމުން ގެންދެވިކަމަށްވަނީ އިސްރާއީލުގެ އުދުވާނުގައި މަރުވެގެންދާ  ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިންގެ އަދަދު އިތުރުވަމުންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި ހަނގުރާމައިގެ ވަގުތުގައިވެސް އިންސާނީ ހައްގުތައް ރައްކާތެރިކުރަން ޖެހޭނެ ކަމަށެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވި ބައެއް ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ޔޫކްރެއިނަށް އެހީފޯރުކޮށްދިނުމާ އެއްކޮޅަށް ވާހަކަ ދެއްކެވިއެވެ. ބައެއް ހާރޑް ރައިޓް ކޮންޒަރވޭޓިވް މެމްބަރުން ބިލާ ދެކޮޅަށް ވޯޓު ދެއްވި ސަބަބެއް ކަމުގައި ބުނެފައިވަނީ ބިލުގައި އެހާ ބިޔަ އަދަދެއްގެ އެހީ ފޯރުކޮށްދޭނެ ގޮތުގެ ތަފްސީލެއް ނެތީމައެވެ.

ޑިމޮކްރޭޓުން އެ ޕާޓީގެ ގާނޫނީ ބޭފުޅުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ބިލްގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތާއި އަދި މެދުއިރުމައްޗާއި ޔޫކްރެއިނާއި އިންޑޯ ޕެސިފިކް އަދި ޖުމުލަގޮތެއްގައި މުޅިދުނިޔޭގެ ސަލާމަތާ ރައްކާތެރިކަމަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތާ ފުށޫ އަރާކަމަށެވެ.           

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ބޭފުޅުންނަކީ އާންމުގޮތެއްގައި އިސްރާއީލުގެ ވާގިވެރިންނެވެ. އެމީހުންގެ ވިސްނުން ބަދަލު ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި މިދިޔަ އަހަރުވެސް ޕާޓީގެ މެމްބަރުން ރުއްސައިގެން އިސްރާއީލަށް 14.3 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައި ވާކަން އެނގެއެވެ. އެ ފަހަރު 14.3 ބިލިއަން ޑޮލަރު ދިނުމަށް ފާސްކޮށްފައިވަނީ އެ ފައިސާ ޚަރަދުކުރާނީ އިންޓާރނަލް ރެވްނިއުއިން ކަމަށް ބަޔާންކޮށްފައި އޮތުމުން ޑިމޮކްރެޓުން އިދިކޮޅު ހަދަމުން ގެންދަނި ކޮށެވެ.

ޕާޓީތަކުގެ ސެނެޓަރުން އެ ބިލުގައި ބުނެފައިވާ ފައިސާ ގައުމީ ސަލާމަތާއި ބޯޑަރ އަދި އިމިގްރޭޝަންގެ މައްސަލަތައް ހައްލުކުރުމަށް ޚަރަދުކުރަން ބާރު އަޅައި ސެނޭޓަރުން ބަޔާނެއް ނެރުމުގެ އެއްދުވަސް ކުރިން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް މައިކް ޖޯންސަން އިސްރާއީލަށް އެހީވުމުގެ ބިލްގެ ވާހަކަ އިއުލާން ކޮށްފިއެވެ.            

ވައިޓްހައުސް އިން ބޯޑަރ ގެ މައްސަލައަށް ތާއީދުކުރަމުން ގެންދާނަމަވެސް އިސްރާއީލަށް އެހީވުމުގެ މާއްދާތައް އުނިކޮށްފިނަމަ ރައީސް ބައިޑްން އެ ބިލް ވީޓޯ ކުރައްވާނެ ކަންވެސް ވަނީ ފަޅާއަރާފައެވެ.             

އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެމެރިކާއިން އަދާކުރަންޖެހޭ މުގައްދިސް ވާޖިބެކެވެ. އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ބިލަށް ކުރިމަތިކޮށްގެން މިއުޅޭ ސިޔާސީ ކުޅިގަނޑު އަހަރެމެންނަށް އެނގެއެވެ.
އެހެންނަމަވެސް އެކަން އެގޮތަށް ގެންދިއުމަކަށް ފުރުސަތެއް ނުދޭނަމެވެ. އެ ބިލާ ދެކޮޅަށް ވާހަކަ ދައްކާ މެމްބަރުންގެ އަޑަށް ކިތަންމެ ބާރެއްލާފައި ވާހަކަ ދެއްކިޔަސް ރަޝިޔާގެ ވަކިތަކުން ޔޫކްރެއިން ސަލާމަތްކުރުމާއި ފަލަސްތީނުގެ އިންސާނީ ހައްގުތަކާމެދު އެ މެމްބަރުންގެ އެއްވެސް އިޚްލާސްތެރިކަމެއް ނެތެވެ. ފަލަސްތީނުގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީ ފޯރުކޮށްދިނުމަށްޓަކައި އިސްރާއީލުން މަގުތައް ހުޅުވާދީފައިވާކަންބެސް އެ މެމްބަރުންނަކަށް ނޭނގެއެވެ. ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ނެރުއްވި ބަޔާނެއްގައި ބުނެފައިވެއެވެ.                                                    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް