ރައީސްގެ ކޮޅުމަޑުލު ދަތުރުފުޅުގެ އުސްއަލިތައް

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރެއްވި 3 ދުވަހުގެ ދަތުރުފުޅު ނިންމަވައިލެއްވީ އިއްޔެގައެވެ.

ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ތ.ގުރައިދުއަށެވެ.

އެއަށްފަހު އެމަނިކުފާނު ވަނީ ތ. އަތޮޅުގެ ދިޔަމިގިލި، މަޑިފުށި، ވޭމަންޑޫ، ބުރުނީ، ކަނޑޫދޫ، ވަންދޫ، އޮމަދޫ، ކިނބިދޫ އަދި ގާދިއްފުށްޓަށް ވަޑައިގެންފައެވެ.

ރައީސް ވަނީ އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލުތަކާއި އަންހެންނުގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުންވެސް ތ. އަތޮޅު ކައުންސިލާއި ތ. ވިލުފުށީ ކައުންސިލާއި ހިރިލަންދޫ އަދި ތިމަރަފުށީ ކައުންސިލާއި އެރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ.

ރައީސް ދެއްކެވި ވާހަކަފުޅުތަކުގެ އުސްއަލިތައް:

1.ގުރައިދޫ

ވައުދު ވީގޮތަށް މި އަހަރު އެއަރޕޯޓުގެ މަސައްކަތް ފެށުން.

ހޮސްޕިޓަލްގެ މަސައްކަތް، މަގުހެދުން، ކުޅިވަރާ ގުޅޭ އެކިކަހަލަ ފެސިލިޓީޒްތައް ގާއިމުކުރުން.

2.ދިޔަމިގިލި

ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަން މި އަހަރުގެ ތެރޭގައި ވެސް ކުރަން ނިންމައި ރައްޔިތުން ހުށަހެޅި ގިނަ ކަންތައްތައް ފެށުން.

މަޑިފުށްޓާއި ދިޔަމިގިލި ކޯސްވޭ ހަގީގަތަކަށް ހެދުން.

3.މަޑިފުށި

ރަށަށް އެންމެ ބޭނުންވާ، ޚާއްސަކޮށް، ހުއްޓިފައި ހުރި މަޝްރޫއުތައް ފެށުން.

އޮޑިދޯނިފަހަރު ގެންގުޅޭ ވިޔަފާރިކުރާ ރައްޔިތުންތަކެއް އުޅޭ ރަށެއް. އެ އިންޑަސްޓްރީ އިތުރަށް ފުޅާކުރަން ކަމުގައިވިޔަސް، އެ އިންޑަސްޓްރީގެ ތެރެއިން އިތުރު ސަބް އިންޑަސްޓްރީތައް ފުޅާކުރަން ކަމަށްވިޔަސް އިގުތިސާދީ އެހެނިހެން މަސައްކަތްތައް ކުރަންވިޔަސް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދިނުން.

ގެދޮރު ބިނާކުރުމަށްޓަކައި ތަފާތު ލޯނުތައް ދޫކުރުމާއި، ހައުސިންގ ޔުނިޓުތައް ގާއިމުކުރުމުގެ މަސައްކަތުން ރަށުގެ ރައްޔިތުންނަށްވެސް އޭގެ އުފާވެރިކަމާއި ފޮނިމީރުކަން ހާސިލުކޮށްދިނުން.

ހުރިހާ ބޮޑެތި މަގުތައް ހަދައިދިނުން.

އުމްރާނީ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސްދިނަން.

4.ވޭމަންޑޫ

ރަށުގެ ރައްޔިތުން އެދޭ ގޮތަށް ރަށުގެ މަގުތައް ހަދައިދިނުން. އެ މަސައްކަތް ވަރަށް އަވަހަށް ފެށުން.

ރަށުގެ ބިން ހިއްކުމަކީ ވަރަށް އިސްކަންދީގެން ކުރާނެ ކަމެއް.

ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކޮށް، ފުޅާކޮށް، ރަނގަޅު ފެންވަރެއްގައި ގާއިމުކުރުން.

ކުލަގަދަކޮށް މިއަހަރުގެ އީދު ފާހަގަކުރުން.

5.ބުރުނި

ރަށްގިރުމުގެ މައްސަލަ ހައްލުކުރުން.

ބަނދަރު ތަރައްގީކުރުން.

ކުޑަކުދިންގެ ޕާކު ހެދުން.

6..ކަނޑޫދޫ

ރަށެއްގެ އާބާދީއާ އެއްވަރަށް، ނިސްބަތުން އެ ރަށަކަށް ބޭނުންވާ ސައިޒުގެ ލެބޯރެޓަރީގެ ޚިދުމަތް ކޮންމެ ރަށަކަށް ގާއިމުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މި ރަށުގެވެސް ލެބޯރެޓަރީގެ ޓެސްޓިންގއަށް ބޭނުންވާ ޚިދުމަތް އަދި ތަމްރީނު ލިބިފައިވާ މުވައްޒަފުންނާ އެކީގައި ގާއިމު ކޮށްދިނުން.

ބަނދަރުގައި ކުދި އުޅަނދު ފަހަރަށް، ކުދި ބޯޓުތަކަށް، ދޯނި ފަހަރަށް ވަކި ޖެޓީ އެއް ހެދުން.
ޒުވާނުންގެ މަރުކަޒުގެ މަޝްރޫޢު ނުހިނގާ އޮތީމާ، ދެން އެކަން ފެށޭނެގޮތެއް ބެލުން

ސްކޫލަށް ދިމާވެފައި މިއޮތް އިންތިހާއަށް ބޮޑު ދަތި، އުނދަގޫ، ޖާގައިގެ މައްސަލަ.

7.ވަންދޫ

ރަށް ގިރުމުގެ މައްސަލަ ހައްލުކުރުން.

ސްކޫލަށް ބޭނުންވާ ޖާގަ އިތުރުކުރުން.

ނަރުދަމާގެ ޚިދުމަތް.

ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ކުޅުމުގެ ފެސިލިޓީސް، ފުޓްސަލް ދަނޑު ހެދުން.

8.އޮމަދޫ

ސްކޫލްގެ ޖާގައިގެ މައްސަލަ އަދި ޓީޗަރުންގެ މައްސަލަ ހައްލުކުރުން.

ފެނާއި ނަރުދަމާގެ ޚިދުމަތް.

ހޭންޑްބޯލް ކޯޓު އަދި ވޮލީބޯލް ކޯޓެއް އެޅުން.

9.ކިނބިދޫ

ކިނބިދުއާއި ވޭމަންޑޫ ކޯސްވޭ ހަގީގަތަކަށް ހެދުން.

ފުޓްބޯޅަ ދަނޑު، ސްކޫލްގެ ފެންވަރު ރަނގަޅު ކުރުން، ޕޮލިސް ސްޓޭޝަންގެ މަސައްކަތް،

10.ގާދިއްފުށި

ސްކޫލްގެ އިމާރާތާއި، ސްކޫލާ ގުޅިފައިވާ ހުރިހާ މަސައްކަތްތަކެއް ހައްލުކުރުން.

ހުއްޓިފައި އޮތް ބަނދަރުގެ މަޝްރޫއު އެމްޓީސީސީ މެދުވެރިކޮށް ކުރިޔަށް ގެންދިއުން.

ބިމުގެ ދަތިކަން ހައްލުކޮށްދިނުމަށް ބިން ހިއްކުން.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް