ތ.އަތޮޅުގައި އިތުރު ރިސޯޓުތައް ހުޅުވުމުގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް

Loading

Facebook
Twitter
WhatsApp

ތ.އަތޮޅުގައި މިއަހަރު އިތުރު ރިސޯޓުތައް ހުޅުވުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވ އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ އެމަނިކުފާނު ޖަވާބުދެއްވުމުގެ ގޮތުން ފެބްރުއަރީ 01 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ކުރިއަށްގެންދާ ”ރައީސްގެ ޖަވާބު“ ސިލްސިލާގެތެރެއިން މިއަދު ތ.ވޭމަންޑޫ، ދޫނިގޭ، އާދަމް ރިފާޒް، މި ދައުރުގައި ތ.އަތޮޅަށް ޓޫރިޒަމް ފުޅާވެ ރިސޯޓްތައް އިތުރުވާނެތޯ ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީއަކީޓޫރިޒަމް އިންޑަސްޓްރީ ކަމަށާއި ޓޫރިޒަމް އިންޑަސްޓްރީ މެދުވެރިކޮށް ރައްޔިތުންނަށް މަންފާ ހޯދޭނެ މަގުފަހިކުރަން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

އެގޮތުން ތ.އަތޮޅުގައިި މިހާރު އެއް ރިސޯޓު އޮތް ނަމަވެސް އިތުރު ރިސޯޓުތައް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“މި ފަސް އަހަރަށް ބަހާލައިގެން ގިނަ ރިސޯޓުތަކެއް މުޅި އަތޮޅުގެ އެކި ހިސާބަށް އެކި ދާއިރާތައް ކަވަރ ވާ ގޮތަށް ގެނެސްދޭނަން.“

ރިސޯޓުގެ މަސައްކަތް މިއަހަރު ފެށޭވަރުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

https://twitter.com/governmentmv/status/1755411122390241285?t=hEsIxKoxH9Kczk2VgJ1Z1Q&s=19

އަދި ޒުވާނުންނަށް ރަށުގައި ތިބެގެން ކައިރި ރިސޯޓަކަށް ގޮސްގެން ވަޒީފާ އަދާކުރެވޭނެ ފުރުސަތު ހޯދައިދޭނަން ކަމަށާއި ވަރަށް އަވަހަށް އެކަން ފެށިގެންދާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް