އިންޑިއާއަށް 4 ބިލިއަން ޑޮލަރުގެ ޑްރޯން ވިއްކުމަށް އެމެރިކާއިން އެއްބަސްވެއްޖެ

Loading

Facebook
Twitter
WhatsApp

4 ބިލިއަން ޑޮލަރުގެ ޑްރޯނާއި، މިސައިލްފަދަ ހަނގުރާމަމަތީ ހަތިޔާރު އިންޑިއާއަށް ވިއްކުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ފާސްކޮށްފިއެވެ. 

އެމްކިއު-9ބީ ޕްރެޑެޓާ ޑްރޯން ގަތުމަށް އިންޑިއާއިން އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޖޫން 2023 ގައި އެމެރިކާއަށް ކުރި ރަސްމީ ދަތުރެއްގެ ތެރޭގައެވެ. ނަމަވެސް، އިންޑިއާއިން އެމެރިކާ ފަސްގަނޑުގައި ސިކުންގެ ބަޔަކު މެރުމަށް މަސައްކަތްކުރި ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގާއެކު ޑިސެމްބަރު މަހު އެމެރިކާގެ ސެނެޓުން އެ ޑީލް މަޑުޖައްސާލުމަށްފަހު، މިހާރު ފާސްކުރުމަށް ވަނީ ތައްޔާރުވެފައެވެ. 

އެގޮތުން، މި އެއްބަސްވުމުގެ ދަށުން 31 އެމްކިއު-9ބީ ސްކައިގާޑިއަން ޑްރޯނާއި، 170 އޭޖީއެމް-114އާރް ހެލްފަޔަރ މިސައިލާއި، 310 ލޭޒަރ ސްމޯލް ޑަޔަމީޓަރ ބޮމްގެ އިތުރުން ކޮމިއުނިކޭޝަން އަދި ސާވެލެންސް ސާމާނާއި، ޕްރެސިޝަން ގްލައިޑް ބޮމް ވިއްކާނެކަމަށް ޕެންޓަގަނުން ވަނީ ހާމަކޮށްފައެވެ. އަދި މި އެއްބަސްވުން ފުރިހަމަކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ ޖެނެރަލް އެޓޮމިކްސް އެއަރޮނޯޓިކަލް ސިސްޓަމްސް އާއެވެ. 

ޕެންޓަގަނުން ބުނެފައިވާ ގޮތުގައި އިންޑިއާއާއި އެކުގައި ވެވުނު އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން، ދެގައުމުގެ ޚާރިޖީ ސިޔާސަތާއި، ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އެހީތެރިވެދޭނެ ކަމަށް އެމެރިކާއިން ގަބޫލުކުރެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް