ގުނޫތު ނާޒިލާ ކިޔުން ވަގުތީ ގޮތުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި

Loading

Facebook
Twitter
WhatsApp

ގުނޫތު ނާޒިލާ ކިޔުން ވަގުތީ ގޮތުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުގެ މަޣުރިބު ނަމާދުން ފެށިގެން ވަގުތީ ގޮތުން ގުނޫތު ނާޒިލާ ކިޔަން ނުޖެހޭނެ ކަމަށެވެ.

އެހެން ކަމުން މިކަން އިމާމުންނާއި، މުދިމުންނަށް އަންގައިދިނުމަށް އެދި ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލް އިދާރާތަކަށް އެ މިނިސްޓްރީން ވަނީ ސާކިއުލަރ ފޮނުވާފައެވެ.

ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ފަރުޟު ފަސް ނަމާދުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔަން އެ މިނިސްޓްރީން އެންގީ މިދިޔަ އަހަރުގެ އޮކްޓޫބަރު 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެންނެވެ.

ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން އެންގީ ފަލަސްތީނުގެ ރައްޔިތުންނަށް ޔަހޫދީ އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެންނެވެ. ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު ހަމަލާ ބަދަލު ކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ.

އިޒްރޭލުގެ ޔަހޫދީންގެ ހައްދުފަހަނައަޅާފައިވާ ލާއިންސާނީ ޖަރީމާތަކުގައި ފަލަސްތީނުގެ އާންމު ރައްޔިތުންގެ ތެރެއިން 30،000 އެއްހާ މީހުން ޝަހީދުކޮށްލާފައި ވާއިރު މި ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ޒަހަމްވެ މުޅި އާބާދީއެއްކޮށްހެން ވަނީ ވަންނާނެ ގެދޮރެއްނެތި މަގުމަތިވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް