ނަލަހިޔާ ހޮޓެލުގެ ފުރަތަމަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Loading

Facebook
Twitter
WhatsApp

މާފަންނު ނަލަހިޔާ ހޮޓެލުގެ ފުރަތަމަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ މިއަދު އިރުއޮއްސި 18:22 ހާއިރު ކަމަށެވެ.

އެގޮތުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން އެ ސަރަހައްދަށް ގޮސް ބެލިއިރު އެއީ އެ ތަނުގެ ފުރަތަމަ ފަންގިފިލާގައި ހުރި ސައުނާއިން އެރި ދުމެއް ކަމަށް ބުނެފައި ވެއެވެ.

އެމްއެންޑީއެފުން ބުނީ އެތަނުން ދުންތައް ބޭރުކުރުމުގައި ފަޔާ ފައިޓަރުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މި ހާދިސާއާ ގުޅިގެން އެޗްޕީއޭ އިން އެކްސްގައި ކުރި ޕޯސްޓުގައި ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަށް ނުނިކުތުމަށް އިލްތިމާސް ކޮށްފައެވެ. އަދި ދުމުގެ އަސަރު ފޯރާ ހިސާބުގައި ދިރިއުޅޭ ފަރާތްތަކުން ގޭގެ ކުޑަދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް