ފިރުޝާން އާއި ސައިފް ޑިމްކްރެޓްސްގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީ މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާންއާއި މާލެ ސިޓީ ކައުންސިލުގެ މެންބަރު މުޙައްމަދު ސައިފް ފާޠިޙް (އައިކޮ) ކާމިޔާބު ކުރައްވައިިފިއެވެ.

ޑިމޮކްރެޓްސްއިން މިއަދު ޕްރައިމަރީ ބޭއްވީ ދެ ދާއިރާއެއްގައެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވީ ފިރުޝާނެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވީ ސައިފްއެވެ.

ވަގުތީ ނަތީޖާ:

1 – ހުޅުމާލެ ދެކުނު ދާއިރާ:

ޙަސަން އަގީލް 27 ވޯޓު
ޙުސައިން ފިރުޝާން 74 ވޯޓު
މުޙައްމަދު ފައިޞަލް 26 ވޯޓު

2 – ހެންވޭރު ދެކުނު ދާއިރާ:

އަޙްމަދު އަސްވަން ނުއުމާން 12 ވޯޓު
މުޙައްމަދު ސައިފް ފާޠިޙް 15 ވޯޓު

މަޖިލިސް އިންތިޚާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ 39 ކެންޑިޑޭޓަކަށް ވަނީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް