މަޖިލިސް އިންތިޚާބު: ރާއްޖެއިން ބޭރުގައި ބަހައްޓާ 6 ފޮށި ހިމެނޭހެން ވޯޓުލުމަށް ޖުމްލަ 608 ފޮށި ބަަަހައްޓާނެ

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ފޮށިތަކުގެ މައުލޫމާތުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ.

އީސީއިން ބުނީ މާޗު 17 ގައި ބާއްވާ މި އިންތިޚާބުގައި ވޯޓުލުމަށް 608 ފޮށި ބަހައްޓާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ނަަމަވެސް ވޯޓުލާން މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ މުއްދަތަށްފަހު މި އަދަދަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ.

އީސީއިން ހާމަކުރި ގޮތުގައި ވޯޓުލުމަށް ރާއްޖެއިން ބޭރުގެ 6 ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެއެވެ.

އެ ހަ ގައުމަކީ އިންޑިއާގެ ޓްރިވެންޑްރަމް އާއި މެލޭޝިއާގެ ކުއަލަލަމްޕޫރް އާއި ސްރީލަންކާގެ ކޮލަމްބޯ އާއި ތައިލެންޑްގެ ބެންކޮކް އާއި އިނގިރޭސިވިލާތުގެ ލަންޑަން އާއި ޔޫއޭއީގެ އަބޫދާބީއެވެ.

މިއިން ކޮންމެ ގައުމެއްގައި ބަހައްޓާނީ އެއް ފޮށްޓެވެ.

އީސީއިން ވަނީ ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކުރުމަށްޓަކައި އަދި ވޯޓުލާން ޖެހެނީ ކޮންތާކު ހުންނަ ކޮން ފޮއްޓަކަށް ކަން ދުރާލައި ދެނެގަތުމަށް އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް