މަޖިލިސް އިންތިޚާބު: ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ ވަނަ ދުވަހުގެ 16:00 ގެ ނިޔަލަށް ކަމަށެވެ.

ރީ ރަޖިސްޓަރީވުމަށް ހުށަހަޅާނީ ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލާން ބޭނުންވާ މީހުންނެވެ.

ރީ ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ form.elections.gov.mv‎ މި ޕޯޓަލް މެދުވެރިކޮށް.

ރީ ރަޖިސްޓްރޭޝަން ކުރުމަށް އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެނި ވެރިފައިޑް އީފާސް އެކައުންޓަކުން.

ރީ ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވައިލެވިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 08:30 އިން 15:00 އަށް.

ރަސްމީ ބަންދު ދުވަސްތަކުގައި 09:00 އިން 15:00 އަށް.

ހުކުރު ދުވަހު މެންދުރުފަހު 15:00 އިން 17:00 އަށް.

މަޖިލީހުގެ އިންތިޚާބުގައި މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އީސީގެ ވެބްސައިޓް އަދި VR space ID.No‎ Send to 1414 ޖެހުމަށްފަހު މެސެޖު ކޮށްގެން ވެސް ޗެކްކުރެވޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް