މެތަނޯލް ބޭނުންކުރާ ދުނިޔޭގެ އެންމެ ބޮޑު މުދާއުފުލާ ބޯޓު މެއާސްކުން ދައްކާލައިފި

Loading

Facebook
Twitter
WhatsApp

މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި، އޭޕީ މޮލަރ – މެއާސްކް އިން ތައްޔާރުކުރި މެތަނޯލް ބޭނުންކޮށްގެން ދުއްވާ ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނަރު އުފުލާ ބޯޓު ދައްކާލައިފިއެވެ. 

”އޭން މެއާސްކް“ ނަމަކަށް ކިޔާ 350 މީޓަރުގެ ދިގުމިނުގެ އުޅަނދެއް ދައްކާލައި މެއާސްކުން ބުނީ ”29000 އެފްރިކަން އެލެފެންޓް އުފުލޭނެ“ ކަމަށެވެ.

މެއާސްކެގެ މި ބޯޓުން 20-ފޫޓު ޔުނިޓް ކޮންޓެއިނަރުގެ 16592 ކޮންޓެއިނަރު އުފުލޭއިރު، މި ބޯޓުން ޗައިނާ ހިމެނޭގޮތަށް އޭޝިއާގެ ގިނަ ގައުމުތަކަކަށް ދަތުރުކުރާނެކަމަށާއި، މެދުއިރުމައްޗާއި ޔޫރަޕަށްވެސް ދަތުރުތައް ކުރާނެކަމަށް އެކުންފުނިން ބުނެއެވެ. 

ޖައްވަށް އެންމެ ގިނަ ވިހަ ގޭސްތައް ދޫކުރަނީ މުދާ އުފުލާ އުޅަނދުފަހަރުން ކަމަށް ގަބޫލުކުރެވޭއިރު، މިކަން ބަދަލުކުރުމަށްޓަކައި މެއާސްކުން މިފަހަރު ދައްކާލާފައިވަނީ މެތަނޯލް ބޭނުންކޮށްގެން ދަތުރުކުރާ ބޯޓެކެވެ. 

2040 ވަނަ އަހަރާއި ޖެހެންވާއިރަށް އެ ކުންފުނީގެ ދަތުރުތަށް ޒީރޯ ނެޓް އެމިޝަންއަށް ބަދަލުކުރުމަކީ އެކުންފުނިން ހިއްސާކޮށްފައިވާ ލަނޑުދަނޑިއެކެވެ. ފެހި ހަކަތަ ބޭނުންކުރާ އެންމެ ފުރަތަމަ އުޅަނދު އެކުންފުނިން ދަތުރުކުރަން ފަށާފައިވަނީ ނިމިދިޔަ އަހަރުގެ ތެރޭގައެވެ. 

”އަހަރެމެންގެ އަޒުމަކީ 2030 އާއި ހަމައަށް ދާއިރު އުފުލާ މުދަލުގެ އެންމެ މަދުވެގެން 25 އިންސައްތައަކީ ފެހި ހަކަތަ ބޭނުންކޮށްގެން އުފުލާ މުދަލަށް ހެދުން.“ މެއާސްކްގެ ހެޑް އޮފް ފްލީޓް މެނޭޖްމަންޓް އެންޑް ޓެކްނޮލޮޖީ ބުނެފައިވެއެވެ. 

ކައިރި މުސްތަގުބަލެއްގައި މި އުޅަނދު އޭގެ ދަތުރުތައް ފެށާއިރު، އަލަތު ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ދެކުނު ކޮރެއާގެ ބަނދަރުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް