އެމެރިކާއިން ބޭނުންވަނީ ސިފައިންގެ ތެރެއަށް ބޯ ގިނަކޮށްލަން

Loading

Facebook
Twitter
WhatsApp


ވޯޝިންގްޓަނުން ޚަބަރު ދީފައިވާ ގޮތުގައި ފާއިތުވެގެން މިދާ އަހަރު ދުވަހުގެ ތެރޭގައި ސިފައިންގެ ޚިދުމަތަށް ވަންނާނެ މީހުން ނުލިބުމުގެ ސަބަބުބް ދެވަނަފަހަރަށް އެމެރިކާ ސިފައިންގެ ތެރެއަށް ވަނުމުގެ ތަޢުލީމީ ފެންވަރު ދަށް ކޮށްފިއެވެ.

މިއީ އެމެރިކާގެ ސިފައިންގެ ތެރެއަށް ވަނުމަށް 2022 ވަނައަހަރު ޑިސެމްބަރު މަހު ހިންގި އިމްތިހާނުގައި ލިބުނު ނަތީޖާގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެކެވެ. ސިފައިންގެ ވަޒީފާއަށް ސިއްޙީ ގޮތުންނާއި ހަށިގަނޑުގެ ދުޅަހެޔޮކަމާއި ރިވެތި އަޚްލާގުގެ  ގޮތުން ޝަރުތު ހަމަވާ ޒުވާނުން ނުލިބުމުގެ ދަތިކަން ރެކުރޫޓިން އޭޖެންސީތަކަށް ވަނީ މެދުވެރި ވެފައެވެ.                         

ސިފައިންގެ ތެރެއަށް ވަންނަންއެދޭ ތައުލީމު ލިބިފައިނެތް މީހުންނަށް ދެވޭ މިލިޓްރީ މައުލޫމާތުގެ އިމްތިޙާނުން 50% އަށްވުރެން މަތީ ނަތީޖާ ލިބޭމީހުން ޝަރުތުފުރިހަމަވާގޮތަށް މިހާރު ވަނީ ނިންމާފައެވެ. އެންމެ ފަހުން މިގޮތަށް ފެންވަރު ދަށްކޮށްފައިވަނީ 2000 ވަނައަހަރުގައެވެ.                                  

އެމެރިކާގެ ނޭވީ ޗީފް ވައިސް އެޑްމިރަލް ރިކް ޗީޒްމަން ޕްރެސް އަށް ދިން ބަސްދީ ގަތުމެއްގައި ބުނެފައިވަނީ ނުކިޔަވާތިބި އެތައް ބަޔަކު ނޭވީންގެ ތެރޭގައި މަސައްކަތް ކުރަން ބޭނުންވެއެވެ. 

އެކަމަކު އަހަރެމެން އެމީހުން ބޭނުން ނުވަނީއެވެ. މިދިޔަ އަހަރުވެސް 2400 އެޕްލިކޭޝަން ގަބޫލުނުކޮށް ފޮނުވާލެވުނެވެ. 500 މީހުންނަށް ފުދޭވަރަށް ތައުލީމު ލިބިފާ ހުރިކަމަށް ބެލެވުނީތީ އެމީހުންނަށް ވަޒީފާ ހަމަޖެހުނެވެ. އުންމީދުކުރަނީ މިއަހަރު މީހުންލިބުމުގެ ދަތިކަން ފިލައިގެންދާނެ ކަމަށެވެ.     

ކޯވިޑް-19 ގެދުވަސްވަރު މިލިޓްރީއަށް ރެކްރޫޓް ކޮށްދޭ އޭޖެންސީތައްވެސް ބަންދުކުރަން ޖެހުނެވެ. ކޯވިޑް-19 ގެ ހާލަތު ރަނަގޅު ވުމުން މިހާރު ބައެއް ބޮޑެތި ކުންފުނިތަކުން ރަނގަޅު މުސާރަ ލިބޭނެ ގޮތް މެދުވެރިވެފާ އޮތުމާއިއެކު ސިފައިންގެތެރެއަށް ވަނުމުގެ ޝައުގުވެރިކަން ޒުވާނުންގެ ކިބައިގާ ކުޑައީއެވެ.                       

ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރެވެމުންދާ ގޮތުން ގިނަ ހަނގުރާމަ ތަކެއްގައި ބައިވެރިވާން ޖެހި މަރުވެދާނެ ކަމުގެ ބިރުވެސް ޒުވާނުން ސިފައިންގެ ތެރެއަށް ވަނުން ހުއްޓުވާ ސަބަބެއްކަމުގައި ބެލެވެއެވެ.

މިދިޔަ އަހަރު އެއަރފޯސްއާއި ނޭވީންގެ ތެރޭގައި މަސައްކަތްކުރަން ބޭނުންވި އަދަދަކަށް މީހުންނެއް ނުލިބުނެވެ. އެއްގަމު ސިފައިންނަށް ބޭނުންވިފަސްދޮޅަސް ހާސް މީހުންގެތެރެއިން ފަނަރަހާސް މީހުން ނުލިބުނެވެ.         

ނޭވީންގެ ބާރުކަމަށް ކަނޑައަޅާފައިވާ 337800 މީހުންގެ ތެރެއިން މަދުވާ 40600 މީހުންގެ ތެރެއިން ލިބުނީ ހަމައެކަނި 31834 މީހުންނެވެ.                                                     

އާރމީން ތަމްރީނުކުރާ ފިއުޗަރ ސޯލްޖަރ ޕްރެޕް ސްކޫލުން އެންމެ ދަށުން ފާސްވާ ކެންޑިޑޭޓުން ގުޅޭނީ އާރމީންގެ ލަޝްކަރު ތަކާއެވެ. އެއާރފޯސްގައި މަސައްކަތްކުރުމަށް ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ އެހެން ސެޓްފިކެޓެއް އޮންނަންޖެހެއެވެ. ނަތީޖާއެއްގެ ގޮތުން މިދިޔައަހަރުވެސް ލިބުނީ އެންމެ 110 މީހުންނެވެ.                 

ނޭވީންގެ އިސް ބޭފުޅުންގެ ވިސްނުންވެސް މިހާރު ހުރީ މާބޮޑު ތަޢުލީމެއް ލިބިފައި ނެތް މީހުންނަށްވެސް ފުރުސަތު ހުޅުވާލުމަށެވެ. މިވަތަށް ބޭނުންވަނީ ސިފައިންގެ ތެރޭގައި ބޯ ގިނަ ކޮށްލާށެވެ. ފަހުން ތަމްރީނު ދިނުމާދޭތޭރޭ ވިސްނާނީ ކަމަށް ވައިސް އެޑްމިރަލް ޗީޒްމަން ބުންޏެވެ. ދުނިޔޭގެ ސުޕަރޕަވަރުގެ ޙާލަކީވެސް މިއެވެ.           

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް