ބަންޑާރަނައިބާއި 4 ވަޒީރަކަށް ރުހުން ނުދޭން ނިންމައިފި

Loading

Facebook
Twitter
WhatsApp

ބަންޑާރަނައިބު އަޙްމަދު އުޝާމާއި އިތުރު 4 ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.

ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށްފަހު އިއްތިފާގުން ނިންމީ އުޝާމުގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމާއި ހައުސިންގ މިނިސްޓަރު ޑރ.ޢަލީ ހައިދަރާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނިންމީ އުޝާމާއި ޑރ.ޝަހީމާއި ހައުސިންގ ޑރ.ޢަލީ ހައިދަރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދަށް ރުހުން ނުދިނުމަށެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތާއި އިންތިޚާބާބެހޭ އާންމު ގާނޫނަށް ޑިމޮކްރެޓްސްއާއި އެމްޑީޕީއިން ހުށަހެޅި އިސްލާހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން މިއަދު ވަނީ ޖަލްސާއެއް ބާއްވައިފައެވެ. ހެނދުނު 10:00 ހާއިރު ޖަލްސާ މެދުކަނޑައިލީ 13:30 ގައި ވޯޓަށް އަހާނެކަން އިއުލާނުކުރުމަށްފަހުއެވެ.

Loading

4 Responses

  1. ދެންއިސްލާމިކު މިނިސްޓަރީއަށްލާންވީ ޔަހޫދީވައްތަރު މޑޕގެ ސަގާފަތަށްރުހޭމީހެން ދެންވެސް ހަމައެސަގާފަތަ ްރުހޭމީހުންލާން މޑޕގެ ޯހަރު ނުވިސްނޭ މީހުނަށް ކަމުދާނީ ބޮޑު އުދަގުލެއް މިއެއްޗެހިންނާހުރެ ބޮޑުވެގެންވާދެރުމަކުން ގައުމު ދަރުވަލާފަ މިސަރުކާރުވެސްއަސްލު ދަރަނިސަލާމަތްކުރުމުގެ ބަދަލުގާ އުޅެނީ ވީހާވެސް ބޮޑު އަގުބޮޑެތި ހަރަދުތައްކުރެވޭތޯ އެއްގޮތަކަންވެސް ހަރަދުކުޑަކުރަންއުޅޭތަނެއްނުފެނެ ހިތާމަހުރިކަމެއް

  2. ކޮންމެ ބަކަށްވެސް ހެޔޮވިސްނުން ވިސްނޭނީ ކަންވެނިމުނު ފަހުން ވާނެހަތެތި ތިއޮއްގެން ވެނިމެނީ

  3. ދެން މާގޯހެއް ނޫންތާ. ކުލީ އެމްޕީން އެތިބީ ޕނސ ގައި މިހާެރު. އެމްޑީޕީން ޖެއްސި އެންމެހާ ހުތުރުކަމެއް ކޮށްލެވޭވަރަށް އެތިބީ ކެޕްޓްނުން ގަނެލާފަ. އައްޑޫ ޝަރީފާއި ނިހާދު އެކަނިވެސް އެހެންތިބި ދަނޑިމޯ އާއި މޑޕ ބަލިކުރާނެއެވެ. ދެން ޕނސގެ ބޮޑުވަޒީރު ރެފްރީއަކަށް ހުރީމާ އެދެވުނީ ދިވޭހީންގެރާއްޖެއަށް ނޫންތޯއެވެ؟ ކޮބާ މައްސަލަޔަކީ؟؟!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް