ޕީޕީއެމްއިން ވަކިކުރަން ނިންމި މަލީހް ޕްރައިމަރީގައި ވޯޓު ލައްވައިިފި

Loading

Facebook
Twitter
WhatsApp

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ޕީޕީއެމްއިން ވަކިކުރަން ނިންމި ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހް ވޯޓު ލައްވައިިފިއެވެ.

މަލީހް އިސްވެ ހުންނަވައި ޕާޓީ ބަދުނާމުކޮށް ޕާޓީ ބައިބައި ކުރުމުގެ މަސައްކަތްތަކެއް ކުރުމުގެ ގޮތުން ލީޑާޝިޕަށާއި ސެނެޓަށް އެނގުމަކާއި ނުލައި އަމިއްލަފުޅަށް ކޮމިޓީއެއް އެކުލަވައިލައްވައި ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ ޕީޕީއެމްއިން މަލީހު ވަކިކުރަން ނިންމީ މިދިޔަ ނޮވެމްބަރު 23 ގައެވެ.

މަލީހް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ “ދެންމެ މިއައީ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވާ ރައީސް ޔާމީންގެ ކެންޑިޑޭޓަށް ވޯޓް ދީފައި“ ކަމަށެވެ.

“ވޯޓުލާ ސަރަހައްދުން ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުން ފެނުނު. އަދި ގިނަ އަދަދެއްގެ އެމްޑީޕީ ސިޔާސީ އެކްޓިވިސްޓުން ޕީޕީއެމް ޕްރައިމަރީގައި ވޯޓުލުމުގައި އުޅުނު.“ ރައީސް ޔާމީން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް އުފެއްދުމުގަައި އިސްކޮށް އުޅުއްވާ މަލީހު ވިދާޅުވިއެވެ.

ޕީޕީއެމްއިން އޭނާ ވަކިކުރަން ނިންމި ނަމަވެސް މިއަދާ ހަމައަށް އޭނާ އޮތީ އެ ޕާޓީގެ ދަފުތަރުގައި ކަމަށް މަލީހް ވިދާޅުވިއެވެ.

މިއަދު 10:00 ގައި ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ފެށިއިރު ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:00 އާ ހަމައަށެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް 227 ފޮށި ބަހައްޓައިފައިވާއިރު ޖުމްލަ 71،597 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. 73 ދާއިރާއެއްގެ ޕްރައިމަރީ ބާއްވާއިރު މި އިންތިޚާބުގައި 283 ކެންޑިޑޭޓުން ވާދަކުރައްވައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް