ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީ: މައްސަލަތަކެއް ދިމާވެ ބައެއް ފޮށިތަކަށް ވޯޓުލުން އަދި ވެސް ނުފެށޭ

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގެ ވޯޓުލުން ފަށާފައިވާއިރު ބައެއް ދާއިރާތަކުގައި ވޯޓުުލުން އަދި ނުފަށައެވެ.

މި އިންތިޚާބުގ ވޯޓުލުން ފެށީ ހެނދުނު 10:00 ގައެވެ. ވޯޓުލުމުގެ ވަގުތު ހަމަވާނީ 17:00 އަށެވެ.

ސަންދާނު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވޯޓުލުން ނުފެށި ލަސްވަނީ ވޯޓާސް ލިސްޓުގައި މައްސަލަތަކެއް ހުރުމުންނެވެ.

މައުލޫމާތު ލިބޭ ގޮތުން ކެންޑިޑޭޓުންނަށް ދީފައިވާ ލިސްޓުތަކާއި ވޯޓުލާ މަރުކަޒުގައި ހުރި ލިސްޓުތަކާ ދިމައެއް ނުވެއެވެ. ވޯޓުލުމަށް ދިޔަ ބައެއް މީހުން ލިސްޓުގައި ނަން ނެތް ކަމަށް ބުނުމުން ވޯޓު ނުލެވޭތީ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާފައިވާ ފޮށިތަކުގެ އަދަދަކީ 227 އެވެ. އަދި ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ އަދަދަކީ 73 އެވެ.

މި އިންތިޚާބުގައި 283 ކެންޑިޑޭޓުން ވާދަކުރެއެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 71،597 މީހުންނަށެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް