ޕީޕީއެމް/ޕީއެންސީގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

Loading

Facebook
Twitter
WhatsApp

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) ގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

ވޯޓުލުން ފެށީ ހެނދުނު 10:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:00 އަށެވެ.

ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ އަދަދަކީ 73 ކަމަށްވާއިރު މި އިންތިޚާބުގައި ވޯޓުލުމަށް 227 ފޮށި ވަނީ ބަހައްޓައިފައެވެ. ޕްރައިމަރީ ބާއްވާ 73 ދާއިރާއަށް 71،597 މީހުންނަށް ވޯޓުލެވޭނެއެވެ.

މާލޭގައި ފޮށި ބަހައްޓާފައިވަނީ ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް (ހުޅުމާލެ)، ރެހެންދި ސްކޫލް (ހުޅުމާލެ) ގައެވެ.

އަދި އަތޮޅުތަކަށް ޚާއްސަ ފޮށިތައް ބަހައްޓާފައިވަނީ ހެންވޭރު ދަނޑުގައެވެ.

މި އިންތިޚާބުގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރެއެވެ.

ފޮޓޯ: ވަގުތު އެމްވީ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް