ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމުގެ މަސައްކަތް ކުރުމަށް ދިރާސާކުރަން ފަށައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ މި އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ.ތިނަދޫގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ.
މިއަހަރުގެ ޅެން ވެރިންގެ ދުވަސް ޚާއްސަކޮށްފައި ވަނީ ޅެން ވެރިޔާ ތިނަދޫ އަބްދުﷲ އަފީފް އަށެވެ.
މި އަހަރުގެ ޅެން ވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރު ނަސީރު ވިދާޅުވީ ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދިނުމަށް އެ ކަމާ ގުޅުންހުރި ދިރާސާތަކާ މަސައްކަތްތައް އެ މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.
އެގޮތުން ޅެންތައް ބޭނުންކޮށްގެން ފަރުވާދިނުމަކީ ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް އުފާވެރިކަން ގެނެސްދޭ ކަމެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ބަލި މީހުންނަށް އެ މީހުންގެ ވޭންތައް ލުއިކޮށްދީ އެމީހުންނަށް އުފާވެރިކަން ގެނެސްދޭ ކަމަށް ދުނިޔޭގެ ދިރާސާތަކުން ދައްކާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ނަސީރު ވިދާޅުވީ މިހާރުވެސް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދޭ ކަމަށެވެ.
4 Responses
Kaloa dheloafolhu fadha koyaa!lhen bahuruvain faruvaa hoadhumah vure kurin maadharibas himaayiy koh ebas e ee bahakah hadhan vejje. Sarikaaruge ofeesthakaai kunfuni thaku thibi dhehi nudhaan dharin thekeh khidhumarheh libenee faranjeebas egigen mivaru vaairu mikan dhanna meehaku kibaa?
ތިޔައީ ރަނގަޅު ވާހަކައެއް، އަދި ޙަޤީޤަތެއްވެސްމެ، އެޤައުމަކަށް ދިރުން ލިބި ހެދިގަންނާނީ، އެ ޤައުމެއްގެ ބަހާއިން އެޤައުމަކަށް ފެންދީ ހައްދައިގެނެވެ. ދިވެހި ބަހުގެ ޅެންވެރިކަމުގެ އަސަރު މިއަދު މިޤައުމަށް ކުރުން އޮތީ ވަރަށް ދުރުގައެވެ. އެކަން ކުރަނީވެސް އަދި ކުރެވެން އޮތީވެސް ނަމެއްގައެވެ. ޙަޤީޤީ މައުނައާއި ރޫޙެއްގައެއް ނޫނެވެ. އެހެނީ ދިވެހި ބަހުން މީހަކާ، ނުވަތަ ބަޔަކާ، ނުވަތަ ކަމަކާ ބެހޭ ގޮތުން މުޚާތަބު ކުރިކަމުގައި ވިޔަސްވެސް، އެކަން މަފުހޫމީ ގޮތެއްގައި ދެނެގަންނަށް އެނގޭ މީހަކު މިއަދުގެ މުޖުތަމައުގެ ތެރޭގައި ނެތެވެ. މި ޤައުމުވަނީ، ފާޑެއްގެ ނީލަމެއްގެ ތެރޭގައި ވިއްކައި ލެވޭ އަގެއްނެތް، ބާ މުދާގަނޑަކަށް ހަދާލާފައެވެ. ޤައުމުގައި ރަސްކަން ކުރަނީ އިނގިރޭސިބަހެވެ. އެބަހުން ދެވިފައިވާ އަނދިރި ތަޢުލީމެވެ. އެ ތަޢުލީމުގެ މަސްދަރަކީ ޤައުމަށް ބެލުމެއްނެތި، ހަމައެކަނި ތިމާ ފުދި ފުރިހަމަވުމެވެ. ޤައުމުގެ މައިގަނޑު މަސައްކަތަކަށް ވެފައި މިއަދު އޮތީ، ކޮންމެ ގޮތަކުންނަމަވެސް ތިމާ ފުދި ގަތުމެވެ. ވައްކަން، ޓެކުން، ފޭރުން، ޚިޔާނާތް، މަސްތުވުމެވެ. މަކަރާހީލަތް ކުރިޔަށް ނެރެފައި ވަނީ، އެއާ ވާދަ ނުކުރެވޭނެ ހަލި ގޮތެއްގައެވެ. މިފަދަ މުޖުތަމައު އެއްގައި، ހަރުދަނާ ޢިލުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.
21 ގަރިމިގައޮ މީނާ މިކިޔާ އެއްޗެއްސައްވެސް އަތްޖަހާނެ މީހުން ބައިވަރެވެ. ހަމަ ވަޒީފާގަނޑަށްޓަކާ ކޮންމެ މޮޮޔައެއް ވެރީންގެ ޚާދިމުން ގޮވިޔަސް ތެދުވެ އަތްޖަހާނެ ޖާހިލުން ބައިވަރެވެ. ދިވެހީންގެރާއްޖެއަށް މިވީ ކީއްހެއްޔެވެ؟
ވަޒީރުކަން ލިބުނީމާ ރައްޔިތުން ޅޮސް އުނދޯއްޔަކަށް އަރުވަން މަސައްކަތްކުރަނީ ހެން ހީވެއެވެ. މިއީ 21 ވަނަ ގަރުނެވެ. އެކަން ހިތްޕުޅުގައި ބާއްވައިގެން ވާހަކަފުޅު ދައްކަވާށެވެ. އެހެންނޫނީ އިހްތިރާމް ގެއްލިދާނެއެވެ. ޅެންވެރިޔަކަށް ވީތީ ޅެންބަހުރުވައިން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމާއި ދަނޑުވެރިން އުދެލިން ޖިސްމާނީ ބަލިތަކަށް ފަރުވާ ހޯދާދިނުމާއި މަސްވެރިން އެންވަށިން ބޮލުގެ ބަލިތަކަށް ފަރުވާ ހޯދާދޭނެ ވާހަކަ ދެއްކީމާ ޖަހާނީ ޖޯކުކަން ހަދުމަފުޅުބަހައްޓަވާށެވެ.