އިސްރާއިލުން ޣައްޒާގައި ހިނގަމުން އަންނަ ގަތުލުއާންމު ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މުޢިއްޒު

Loading

January 27, 2024
sandhaanu news
Facebook
Twitter
WhatsApp

އިސްރާއިލުން ޣައްޒާގައި ހިނގަމުން އަންނަ ގަތުލުއާންމު ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ފަލަސްޠީނުގެ ގާޒާގައި، އިސްރާއީލުން ހިންގާ ގަތުލުއާންމުގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އަޅައި، އެ ފަދަ އަމަލެއް ނުހިންގާކަން ކަށަވަރު ކުރުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް ހުކުމް ކުރުމާ ގުޅިގެންނެވެ. 

އެގޮތުން ރައީސް މުޢިއްޒު ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމުގެ އަމަލުތައް ހުއްޓާލަން ފިޔަވަޅު އަޅަން، އައިސީޖޭއިން މިއަދު ނެރުނު އަމުރަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށް ވިދާޅުވެފައެވެ. 

ރާއްޖެއިން ގަބޫލު ކުރަނީ އިސްރާއިލުން ޣައްޒާގައި ހިނގަމުން އަންނަ ގަތުލުއާންމު ވަގުތުން ހުއްޓާލަން ޖެހޭ ކަމަށާއި ޣައްޒާގެ އާންމު ރައްޔިތުން ޝަހީދުކުރުން ހުއްޓަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. 

ހަމަ އެހެންމެ ކޮންމެ އިންސާނެއްގެ ފުރާނައަކީ ވެސް އަގުހުރި، ހިމާޔަތް ކުރަންޖެހޭ އެއްޗެއް ކަމަށާއި ބޮންއަޅާ ގެދޮރުގެއްލުވާލާ ބައިބައިވުން އުފެއްދުމަކީ ސުލްހަ ގެނުވާނެ ކަމެއް ނޫން ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން ފަލަސްޠީނުގެ ބިމަށް ވެރިވެގަނެ ޔަހޫދީން ހިންގާ ޖަރީމާތަކަށް ދާއިމީ ހައްލެއް ލިބޭނީ 1967ގެ ކުރީކޮޅު ބޯޑަރު އެކުލަވާލާފައި އޮތް ގޮތަށް ފަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށްގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް