ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) ގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 17:00 އަށް ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފިއެވެ.
ކޯލިޝަނުން ބުނީ ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ އަދަދަކީ 73 ކަމަށާއި މި އިންތިޚާބުގައި ވޯޓުލުމަށް 227 ފޮށި ބަހައްޓާނެ ކަމަށެވެ.
މާލޭގައި ފޮށި ބަހައްޓާތަން:
ހެންވޭރު ދަނޑު (އަތޮޅުތަކުގެ ފޮށިތައް)
ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް (ހުޅުމާލެ)، ރެހެންދި ސްކޫލް (ހުޅުމާލެ)
މި އިންތިޚާބުގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރާނެއެވެ.
ޕްރައިމަރީ ބާއްވާ 73 ދާއިރާއަށް 71،597 މީހުންނަށް ވޯޓުލެވޭނެއެވެ.