މި ސަރުކާރުގެ މިނިސްޓަރުންނާ ސުވާލު ކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ޕްރޮގުރާމް ”އަހާ“ ގެ ފުރަތަމަ ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގުޅިގެންނެވެ.
ދެ މަހުން އެއްމަހު ކުރިއަށް ގެންދަން ނިންމާފައިވާ އެ ފޯރަމް އޮންނާނީ މިރޭ 8:30 ގައި ސަލްޓަން ޕާކުގައެވެ.
ރައީސް އޮފީހުން ވިދާޅުވީ މިރޭގެ ފޯރަމުގައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް ޑރ. އާއިޝަތު ޝިހާމް،
މިނިސްޓާ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރީކްރިއޭޝަން އަބްދުﷲ ރާފިއު ހިމެނޭހެން
މިނިސްޓާ އޮފް ކޮންސްޓަރަކްޝަން އެންޑް އިންފްރާސްޓަރަކްޗާ ޑރ. އަބްދުﷲ މުއްތަލިބު އަދި
މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
މީގެ އިތުރުން މި ފޯރަމްގައި މިނިސްޓަރުންނާއ ސުވާލު ކުރުމަށް ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ ފުރުސަތާއި ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.