ރާއްޖެއިން ތިން ކުއްޖަކު ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވް ވެއްޖެ

Loading

January 23, 2024
sandhaanu news
Facebook
Twitter
WhatsApp

ރާއްޖެއިން ހޯއްގޮވާ ކެއްސުން ބައްޔަށް ތިން ކުއްޖަކު ޕޮޒިޓިވްވެއްޖެއެވެ. 

މިކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ބަލިން ރައްކާތެރިވުމަށް ގަވައިދުން ވެކްސިން ދޭން ފެށުމާ ގުޅިގެން މި ބަލި ވަނީ ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައި ކަމަށެވެ. 

ނަމަވެސް މި ބަލީގެ ވޭދަނަ ރާއްޖޭގައި ވަރަށް މަދުން ފެންނަ ކަމަށާއި ގއ. ވިލިނގިލިން މި ބަލި ޖެހިފައިވާ ކުޑަކުދިންތަކެއް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. 

އެޗްޕީއޭއިން ބުނީ މި ބަލިޖެހިފައިވާ ކުޑަކުދިންތަކެއް ފެނުމާއި ގުޅިގެން އައިޖީއެމްއެޗާއި ގއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމާއި ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ އަހަރު ނުވާ ކުދީންނާއި މާބަނޑު މީހުންނަށް އެންޓިބޮޔަޓިކް ޕްރޮފައިލެކްސިން ދިނުމާއި ބަލީގެ އަލާމަތް ހުރި ކޮންޓެކްޓުން ބައްޔަށް ޓެސްޓް ކުރުމާއި ބަލީގެ އަލާމާތްތައް ހުރި ކޮންޓެކްޓުންނަށް ބޭސް ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

ހަމަ އެހެންމެ ގދ. އަތޮޅު ހޮސްޕިޓަލްގައި ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ. 

ހޯއްގޮވާ ކެއްސުން ފެތުރެނީ ނޭލާވާ ނިޒާމުގެ ޒަރިއްޔާއިންނެވެ. ބަލި ޖެހުމުން އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމަތްތައް ފެންނައިރު ހަފްތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާ މި ކެއްސުން ދިގުލައިގެން ދެއެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ފުރިހަމަ ކޮށްފައިވާ ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް މި ބަލި ޖެހިއްޖެނަމަ ބަލީގައި މާބޮޑެތި އަލާމަތްތަކެއް ނުފެނިދާނެ ކަމަށެވެ. މި ބަލި ޖެހުމުން ނުރައްކާ ބޮޑީ ވަރަށް ތުއްތު ކުދިންނަށް ކަމަށާއި އެހެން ކަމުން ހަތް އަހަތު ނުވާ ކުދީންގެ ތެރެއިން މި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ހުރި ނަމަ ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަ ކުރަން އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. 

މީގެއިތުރުން އެޗްޕީއޭ އިން ވަނީ ރޯގާ ޖެހި ކެއްސާ މީހުންގެ ތެރެއިން ކެއްސުން ދިގުލައިގެންދާ ނަމަ، ނުވަތަ ކެއްސުމުގެ ސަބަބުން އިތުރު އުނދަގޫތަކެއް ދިމާވާ ނަމަ، ނުވަތަ ދިގު މުއްދަތަކަށް ފަރުވާ ކުރާ އެހެން ބައްޔެއް ހުރި ނަމަ ތުއްތު ކުއްޖެއް ނުވަތަ މާބަނޑު މީހަކު ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އިލްތިމާސްކޮށްފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް