މިސްކިތްތަކުގެ ފާޚާނާތަކުން ދުވާ ވަހާއި މުޑުދާރުކަން އިންތިހާ

Loading

Facebook
Twitter
WhatsApp

މާލޭ ސަރަހައްދުގެ ބައެއް މިސްކިތްތަކުގެ ފާޚާނާތައް ހަލާކުވެފައި ހުރުމާއި ދުވާ ނުބައި ވަސް ރަނގަޅު ކުރުމުގެ އެއްވެސް ވިސްނުމެއް ކަމާއި ބެހޭ ފަރާތް ތަކުގައި ނެތްކަމީ އެ ފާޚާނާތައް ބޭނުންކުރާ ފަރާތްތަކުގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

މިސްކިތްތަކާއި ފާޚާނާތައް ބެލެހެއްޓުމަށް ގިނަ އަދަދެއްގެ މަސައްކަތު މީހުންނާއި ދައުލަތުގެ ބަޖެޓުން އަތްނުފޯރާވަރުގެ ބޮޑު ޚަރަދު ކުރަމުންދާކަން އެންމެނަށް ވެސް އެނގެއެވެ. އެހެނަސް މިސްކިތްތައްތަކާއި ފާޚާނާތައް ނުބެލެހެއްޓެއެވެ.
އަދި ހަލާކުވެފައި ހުންނަ ފާޚާނާތައް މަރާމާތުކޮށް ފާޚާނާތަކުގެ ވަސް ރަނގަޅު ކުރުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ.

ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ކަރާމާތް ރަމްޒުކޮށްދޭ އެންމެ މުހިންމު ބިނާއަކީ މިސްކިތްތަކެވެ. ކަން މިހެން ހުރިއިރު ބައެއް މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތި ވިއްކުމަށްޓަކައި ތައްޔާރު ކުރުމާއި އެ ބޭނުން ކުރާ މީހުން ނިދުމާއި މިހެން ގޮސް މިސްކިތުގެ ޙުރުމަތް ގެއްލޭފަދަ ޢަމަލުތައް ހިނގަމުން ދާއިރު މިސްކިތްތައް ބަލަހައްޓަން ރައްޔިތުންގެ ޖީބުން މުސާރަދީފައި ތިބޭ މުވައްޒަފުންގެ ޒިންމާ އެފަރާތްތަކުން ނުއުފުލައެވެ.

އަދި އެ މުވައްޒަފުންނާއި ޙަވާލުވެ ތިއްބަވާ ވެރިންގެ ވާޖިބު ވެސް އެ ވެރިން އަދާކުރާ ތަނެއް ނުފެނެއެވެ. މިސްކިތްތަކުގައި ނިދައި މަސްތުވާތަކެތި ބޭނުންކޮށް މުސްލިމުންގެ އެންމެ މަތިވެރި ބިނާ ގެ ގެކޮޅުގެ ޙުރުމަތް ގެއްލޭ އެތައް ކަމެއް އެތަންތާގައި ހިނގާކަން ދެކެދެނެތިބެ އަޅާނުލުމަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުން ނޫން ދެން އެހެން ކޮންކަމެއް ހެއްޔެވެ.

މިސްކިތްތަކުގެ ފާޚާނާތަކުން މީރުވަސް ނުދުވަންވީ ކީއްވެހެއްޔެވެ. ދައުލަތުން މިސްކިތްތަކަށް ކުރާ ޚަރަދު ކުޑައީހެއްޔެވެ. މިސްކިތްތަކުގައި އަޅާފައި އޮންނަ ކާޕެޓްގައި ވެސް ދުވަނީ ނުބައި ވަހެވެ. އަނެއްކޮޅުން ކާޕެޓްގެ ބަދަލުގައި އަޅާފައި ހުންނަ ތަރުފާލުން ވެސް ކިލާ ނުފިލައެވެ. ދުވަނީ ނުބައި ވަހެވެ. މިފެންނަނީ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ނުހިތާ ކަމުގެ ހެކިތަކެވެ.

މިކަން ކަމާއި ޙަވާލުވެގެން ތިއްބަވާ ވެރިން މިސްކިތްތަކުގެ ޙާލަތު ނުބައްލާކަން މި މަންޒަރު ތަކުން ހާމަވެގެން ނުދޭ ހެއްޔެވެ. ބާރު ފަޓުލޫނާއި ހުދުގަމީސް ތުރުކުރައްވައި ޓައީއެއް އަޅައިގެން ތިމާމެންގެ ހައިބަތު ދައްކަވަން ނުއުޅުއްވާށެވެ. މުސާރަ ދެނީ ރައްޔިތުންނެވެ. ރައްޔިތުން މުސާރަ ދެނީ ގެ ގެކޮޅުތައް ފުރިހަމަ ގޮތުގައި ބެލެހެއްޓުމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް