ރައްޔިތުންގެ މަޖިިލިސް އިންތިޚާބު ގާތްވެފައި ވަނިކޮށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ބައްދަލު ކުރައްވައިފިއެވެ.
ސޯޝަލްމީޑިއާގައި އިއްޔެ އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާއި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނާއެކު ހޮޓަލެއްގައި ކޮފީ ބައްލަވަން ތިއްބަވާ މަންޒަރު ފެނެއެވެ.
މި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ ޢަބްދުﷲ އާއި އެ ޕާޓީގެ މުއައްސިސް ޙަސަން ލަޠީފާއި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމާބެހޭ މައުލޫމާތު އެއިން އެއްވެސް ބޭފުޅަކު އަދި ހާމަކުރަައްވައިފައެއް ނުވެއެވެ.
ބެލެވޭ ގޮތުން މިއީ މަޖިލިސް އިންތިޚާބާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.
ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީ ދެބައިވެ މިދިޔަ އަހަރު އުފެދުނު ޕާޓީއެކެވެ. ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި ޑިމޮކްރެޓްސް އުފެއްދެވީ އެމްޑީޕީން އެ ޕާޓީގެ އަސާސްތައް ދޫކޮށްލައި ޕާޓީ ހަލާކުކޮށްލައިފައިވާ ކަމަށް ބުނެއެވެ. އޭގެފަހުން ރައީސް ނަޝީދާއި ޑިމޮކްރެޓްސްއިން ދިޔައީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށާއި ފައްޔާޟާއި އެމްޑީޕީގެ ވެރިންނަށް ވަރަށް ބޮޑެތި ތުހުމަތުތައް ކުރައްވައި ފާޑުކިޔުން އަމާޒުކުރަމުންނެވެ. އެމްޑީޕީ “ރޫޅައިލާނެ“ ކަމަށް ބުނަމުންނެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ އަމާޒަކަށްވީ “އެމްޑީޕީ ނޫން ގޮތެއް“ ހޯދުމެވެ.
2 Responses
އެއްއަތުން އަނެއް އަތް ބުރި ނުކުރެވޭނެ. ތަދުވާނެ. ތިޔައީވެސް ރަނގަޅު ފެށުމަކަށް ވެދާނެ…..
ގައުމުދެކެ ލޯބިވާ ރައްޔިތުން ކީއްވެބާ މިލިޓަރީ ވެރިކަމަކަށް ތާއީދު ނުކުރަނީ! ކަރޮޕްސަނާހުރެ ގައުމުގެ ދުވެލި ހުއްޓުން ދިމާވި ބައެއްގައި މީގައި މިލިޓަރީ ވެރިކަމުން ގައުމު ހިންދަމާލެވިފައި ހުރިކަމަށް މީހުން ބުނޭ!!މިނިވަން މުއައްސަސާތައް ޕޯލިޔޯޖެހި އަދި އެމ.ޕީގެ ބަލާބޮޑުވާ ގައުމުތަކަށް އޮތް ފަރުވާއަކީ މިލިޓަރީ ކަމަށް!!